ދިޕިކާ ބުނީ ޕްރިޔަންކާ އަލީ ވަރަށް ހިތްވަރު ގަދަ ތަރިއެއް ކަމަށް --
ދިޕިކާ ބުނީ ޕްރިޔަންކާ އަލީ ވަރަށް ހިތްވަރު ގަދަ ތަރިއެއް ކަމަށް --

ބޮލީވުޑް އަންހެން ތަރިންގެ މެދުގައި އޮންނަ ހަސަދަވެރިކަން ނިމުމަކަށް!

ބޮލީވުޑްގައި އަންހެން ތަރިންގެ މެދުގައި އޮންނަ ޥާދަވެރިކަމަކީ އެމީހުން ފާޅުގައި އެވާހަކަ ނުދެއްކިޔަސް އެނގޭ ކަމެކެވެ.

އެއްވެސް މަޝްހޫރު އަންހެން ތަރިއަކު އަނެއް ތަރިއަކު މޮޅުވާހަކައެއް ނުދައްކަ އެވެ. ހަސަދަވެރިވާލެއް ބޮޑީ އެވެ. އެހެން ތަރިއެއްގެ އެކްޓިން އާއި މެދު ހިތްހަމަ ޖެހޭތޯ ސުވާލު ކުރިޔަށް ޖަވާބު ދޭކަމަކަށް ނުވެ އެވެ.

ނަމަވެސް ދާދިފަހުން މަޝްހޫރު އަންހެން ތަރި ދިޕިކާ ޕަދުކޯން ވަނީ އޭނާ އަށްވުރެ ޕްރިޔަންކާ ޗޯޕްރާ މޮޅުކަމަށްބުނެފައި އެވެ. ޗެޓް ޝޯއެއްގައި ވާހަކަދައްކަމުން ދިޕިކާ ބުނީ އޭނާއަށް ވުރެ ޕްރިޔަންކާ ހުރިހާ ގޮތަކުންވެސް މާ ހިތްވަރުގަދަ ކަމަށެވެ. އަދި އެއީ އޭނާ ވަރަށް ތައީދު ކުރާ ކަމެއް ކަމަށް ދިޕިކާ ބުންޏެވެ

ދިޕިކާ މިހެން ބުނެފައި މިވަނީ މި ދެތަރިންގެ ދެމެދުގައި ފިނި ހަނގުރާމައެއް ފެށިިގެން އުޅޭ ދުވަސް ވަރެއްގައި އެވެ. އެއީ އަންނަ އަހަރު އެ ދެ މީހުން ހޮލީވުޑްގައި ކުޅެފައިވާ ދެ ފިލްމު ރިލީޒް ކުރާތީ އުފެދިފައިވާ ވާދަވެރި ކަމެވެ.

ދިޕިކާގެ އިތުރުން ދާދި ފަހުން އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރީނާ ކަޕޫރުވެސް ވަނީ ޕްރިޔަންކާ އަކީ އެންމެން ފަހުރުވެރިކޮށްދޭ ތަރިއެއް ކަމަށް ބުނެފައި އެވެ. ކަރީނާ ބުނީ ޕްރިޔަންކާ އިނގިރޭސި ޑްރާމާ ސީރީޒް އެއް ކުޅެ ހޮލީޥުޑްގައި މަަސައްކަތް ކުރަމުންދާކަމީ އުފާކުރަން ޖެހޭ ކަމެއް ކަމަށެވެ.

މީގެ އިތުރުން ކަންގަނާ ރަނާވަތު ބުނެފައިވަނީ އޭނާ އެންމެ ތައީދު ކުރާ އަންހެން ތަރިއަކީ ތަމަންނާ ކަަމަށެވެ. މިވެސް ބޮޑު ހަބަރަކަށް ވެގެންގޮސްފައިވާއިރު ކަރީނާ ވަނީ އޭނާއަށް ކަންގަނާ ވަރަށް ކަމުދާކަމަށް ބުނެފައި އެވެ.

އެކަކު އަނެކަކަށް ތައުރީފު ކުރުމުގެ އިތުރުން މި ދުވަސް ވަރަކީ ބޮލީވުޑްގެ އަންހެން ތަރިންގެ މެދުގައި އާދަޔާ ހިލާފު ގާތް ކަމާއި ރަހުމަތްތެރި ކަމެއް އުފެދިގެން އުޅޭ ދުވަސް ވަރެކެވެ. ކަރީނާ ކަޕޫރާއި ސޯނަމް ކަޕޫރާއި ދެމެދުގަ ގާތް ރަހުމަތްތެރި ކަން އުފެދިގެން އެއްކޮށް ޕާޓިތަކަށް ގޮސް ހަދާއިރު އަންނަ މަހު ރިލީޒް ކުރާ ”އޭ ދިލްހޭ މުޝްކިލް“ ގެ ލީޑް ރޯލް ކުޅޭ އައިޝްވާރިއާ ރާއީ ބައްޗަން އާއި އަނުޝްކާ ޝަރުމާގެ މެދުގައި ވަނީ އާދަޔާ ހިލާފު ގާތް ކަމެއް އުފެދިފައި އެވެ.

 

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *