ޗައިނާ އަންހެނަކު ފްލައިޓަށް ނޭރުވުމުން ރަންވޭ މަތީގައި ހަޅުތާލުކޮށް ފްލައިޓް ފުރިޔަނުދީ ހިފަހައްޓައިފި

މިއީ އިއްޔެ ޗައިނާގެ ބެއިޖީންގައި ހިނގި ހާދިސާއެކެވެ. ދެ ލޯބިވެރިންނަށް ފުރަން ދެވުނުލެސް ލަސްވުމުން ފްލައިޓަށް ބޯޑު ކުރެވޭ ގޮތް ނުވީ އެވެ.

ނަމަވެސް އެ ދެމީހުންގެ ތެރެއިން އަންހެން މީހާ ވަނީ އެއާޕޯޓު ސެކިއުރިޓީންނާ ޒުވާބުކޮށް އެންމެފަހުން ދުވެފައިގޮތް ރަންވޭ މައްޗަށް އަރާ ފްއިޓް ކުރިމަތީގައި އީށީނދެފަ އެވެ. އަދި އެ އަންހެންމީހާ ބުނަމުންދިޔައީ އޭނާ ނުލާ ފްލައިޓް ފުރިޔަ ނުދޭނެ ކަމަށެވެ.

20 މިނެޓް ފަހުން ފްލައިޓަށް ފުރޭގޮތްވީ ފުލުހުން އައިސް އެ އަންހެންމީހާ ހައްޔަރުކޮށް ގެންދިއުމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *