ގާދޫ އާއި މުންޑޫ ފަޅު ރަށުގެ ގޮތުގައި ކަނޑައަޅައިފި

ލ. އަތޮޅު މުންޑޫ އާއި ގާދޫ އަކީ ފަޅުރަށުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގާރާރަކުން ކަނޑައަޅުއްވައިފި އެވެ.

މި ދެ ރަށަކީ ފަޅުރަށްކަމުގައި ކަނޑައަޅުއްވާ ރައީސް ގަރާރު ނެރުއްވީ ވަކި  ވަކިންނެވެ. ގަރާރުގައި ވިދާޅުވެފައިވަނީ ލާމަރުކަޒީ ގާނޫނުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރުގެ ދަށުން ގާދޫ އާއި މުންޑޫ އަކީ މީހުން ދިރިނޫޅޭ ދެ ރަށް ކަމުގައި ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ގާދޫއިން މީހުން ބާލާފައިވަނީ މިއަހަރު ކުރީ ކޮޅު އެވެ. އެ ރަށު މީހުން ބަދަލުކޮށްފައިވަނީ އެ އަތޮޅު ފޮނަދޫ އަށެވެ. މުންޑޫގައި އުޅުނު މީޙުން އެ އަތޮޅު ގަމަށް ކުރިން ބަދަލުުކޮށްފައިވަނީ ސުނާމީ ކާރިސާއާއި ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *