ނޯޓް 7: ފްލައިޓް ތަކަށް އެރުވުމުގެ ހުއްދަ ކައިރި މުސްތަގްބަލެއްގައި ދީފާނެތަ ؟

ޓެކްނޮލޮޖީގެ ވާހަކަތައް ބަލާއިރު އެންމެ ކުރީގައި މި އުޅެނީ އެޕަލް އިން ނެރުނު އައު އައިފޯނާއެކު ހޯދަމުން އަންނަ ކާމިޔާބީގެ ވާހަކަ އާއި ސެމްސަންގް ގެލެކްސީ ފޯނުތަކުގެ ބެޓެރީ ގޮވާ މައްސަލައިގެ ވާހަކަ އެވެ.

މީގެ ކުރިން ދުވަހަކުވެސް ނުލިބޭހާ ބޮޑު ތަރުހީބެއް އެޕަލް އައިފޯނު 7 އަށް ލިބެމުން އަންނަ އިރު ސެމްސަންގަށް ދިމާވީ ހިތްދަތި ގޮތެކެވެ. ބެޓެރީ މައްސަލަ ހައްލުކޮށް އައު ޝިޕްމެންޓްތައް ޑެލިވާ ކުރަން ފަށާފައިވީނަމަވެސް އަދިވެސް ސެމްސަންގަށް އޮތް ނުތަނަވަސްކަން ކުޑަކަމަށް ބެލެވޭކަށް ނެތެވެ.

އެއްމެ ބޮޑު އެއް ސަބަބަކީ ނޯޓް 7 ފޯނުތައް ފްލައިޓްތަކަށް އެރުވުން މަނާކުރަމުން އަންނަ މަނާކުރުމެވެ. ސުވާލަކީ މައްސަލަ ހައްލުކޮށް ފޯނުތައް ޑެލިވާ ކުރަން ފެށި ނަމަވެސް ފޯނުތައް ފްލައިޓްތަކަށް އެރުވުމުގެ ހުއްދަ ދޭން އެއާލައިންތަކަށް ކެރިދާނެތޯ އުފެދޭ ސުވާލުތަކެވެ. ސުވާލު ނުއުފެދޭންވީ ސަބަބެއް ނެތެވެ.

އެމެރިކާގައި އެކަނި މިލިޔަނަކަށްވުރެ ގިނަ ނޯޓު 7 ކުރިން ވިއްކާފައި ވެ އެވެ. އެއީ ފުރަތަމަ ޝިޕްމެންޓްގެ ފޯނުތަކެވެ. ފުރަތަމަ ޝިޕްމެންޓްގެ ފޯނުތައް ގޮވާނެ ނުގޮވާނެ ވަގުތެއް އެނގެނީކީ ނޫނެވެ. ސެމްސަންގުން ހާމަކޮށްފައިވާގޮތުގައި ސެމްސަންގުން ކުރިއަށްގެންދާ އެކްސްޗޭންޖް ޕްރޮގްރާމަށް އަދި އެމެރިކާއިން އެކަނި ލިބުނީ ބައި މިލިޔަން ފޯނެވެ. އަނެއް ބައި މިލިޔަން ފޯނު އަދިވެސް ބަޔަކު އެދަނީ ބޭނުން ކުރަމުންނެވެ.

އެހެން ކަމުން އެ ފޯނުތައް ބޭނުންކުރަމުން ދާހާ ހިނދަކު ނޯޓު 7 ފްލައިޓްތަކަށް އެރުވުމުގެ ހުއްދަ ދީފާނެ ކަމަކަށް ނުބެލެވެ އެވެ. އެހެންނަމެވެސް ހުރިހާ ގޮންޖެހުންތަކަކާއެކުވެސް ކުރިއަށް އޮތް މަހެއް ދެމަހެއްހާ ދުވަހުގެ ތެރޭގައި ސެމްސަންގުން ކުރިން އޮތް ލެވެލަށް އަންނާނެ ކަމަށް ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *