ކުޑަކުދިންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާ ”ކިޑްސް ރައިޓްސް“އިން ދޭ އިންޓަނޭޝަނަލް ޗިލްރަންސް ޕީސް ޕްރައިޒް ނުވަތަ ކުޑަކުދިންގެ ސުލްހައިގެ އިނާމަށް މޯލްޑިވްސް އެސޯސިއޭޝަން ފޯރ ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ)ގެ ފައުންޑަރ، އުމުރުން 15 އަހަރުގެ މުހައްމަދު ރައިޝާން އަހުމަދު ނޮމިނޭޓް ވެއްޖެއެވެ.
މުޙައްމަދު ރައިޝާން އަޙްމަދު އަކީ ކަލާފާނު ސްކޫލްގެ ގްޜޭޑު ނުވައެއްގައި ތަޢުލީމު ޙާސިލް ކުރަމުން އަންނަ ހިތްވަރުގަދަ ކުއްޖެކެވެ. ޖިސްމާނީ ގޮތުން ނުކުޅެދުންތެރި ކަމެއް ހުރި ކަމުގައި ވިޔަސް ވަރަށް ވެސް ހީވާގި، ހިތްހެޔޮ އަދި ކެތްތެރިކަމުގެ ލާމަސީލު މިސާލެކެވެ. އެހެން ކުދިންނާއި އެއްފަދައިން ރައިޝާން ވެސް ތަޢުލީމު ހާސިިލް ކުރަމުން ގެންދެއެވެ.
ރައިޝާން އަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި އެހެން ކުދިން ހަނގާ ކުރުމުން އެކަންކަމާއި ކުރިމަތިލާ އެފަދަ ކުދިންނަށް ހިތްވަރުދީ އެހީތެރިވެދީހަދާ ކުއްޖެކެވެ. އަދި މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވަދީ އެފަދަ ކުދިންވެސް މުޖުތަމަޢު ތެރެއަށް އާއްމުން ފަދައިން ނެރެން އެހީތެރިވެ ދިނުމަށް އާއްމުންގެ މެދުގައި ހެލުންތެރިކަން އިތުރު ކުރުމަށް ވެސް ރައިޝާން މަސައްކަތް ކޮށްފައިވެއެވެ.
މިއަހަރުގެ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ދިނުމަށް ހަމަޖެހިފައިވާ ”ކިޑްސް ރައިޓްސް“ އެވޯޑަށް ރައިޝާންގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން 120 ކުޑަކުދިން ނޮމިނޭޓް ވެފައިވެއެވެ.