ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ރައީސް މައުމޫނު އެދިވަޑައިގެންފި

އަންނަ އަހަރު ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް ނިނަމާފައިވާ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ވީއެންމެ އަވަހަކަށް ކުރުމަށް، ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމު އެދިވަދައިގެންފިއެވެ.

ރައީސް މައުމޫނުވަނީ ޕީޕީއެމް ގެ އެކި ގޮފިތަކުގެ ރައީސުންނަށް ވެސް ސިޓީ ފޮނުވާފައެވެ. މިސިޓީގައި ރައީސް މަޢުމޫނު  ވިދާޅުވީ ޕާޓީގެ ހާލަތު މިވަގުތަށް ދެނެގަތުމަކީ މިހާރުން މިހާރަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި އެމަނިކުފާނު ދެކިވަޑައިގަންނަވާ ކަމަށެވެ. އަދި އެސިޓީއާއި އެކު ރައީސް މަޢުމޫނު ވަނީ ފޯމެއްވެސް ފޮނުވާފައެވެ. އެފޯމު ފުރިހަމަ ކުރުމަށް ވެސް ރައީސް މަޢުމޫނު ވަނީ އެދިފައެވެ.

ސިޔާސީ އެކިއެކި ޚިޔާލު ތަފާތުވުން ތަކެއް މިދުވަސްކޮޅު ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމު އާއި ކުރީގެ ރައީސް މައުމޫނާއި ދެމެދު އުފެދިފައިވާއިރު، މިކަންތައްތަކުގެ ސަބަބުން ވެރިކަން ކުރާ ޕާޓީ ޕީޕީއެމް ގެ ތެރޭގައިވެސް ވަނީ އެކިއެކި ޚިޔާލު ތަފާތުވުން ތަކެއް އުފެދިފައެވެ. އަދި މިހާތަނަށް މީގެން އެއްވެސް ޚިޔާލުތަފާތުވުމަކަށް ހައްލެއް ވެސް ލިބިފައެއް ނުވާކަން ފާހަގަ ކުރެވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *