ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ

މަސްތުވާތަކެއްޗާއިއެކު މުލިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މ. މުލީގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ. މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ،މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ފުލުހުންގެ އިންޓެލިޖެންސާއި މުލީ ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނުގައި ރޭދަންވަރު 02:00 ހާއިރު އޭނާ މަސައްކަތްކުރާ އޮފީހުގައި ޑިއުޓީގައި ހުއްޓައެވެ.

ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އޭނާ މަސައްކަތްކުރާ އޮފީހާއި އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށްފައިވެއެވެ. އަދި އޭނާ މަސައްކަތްކުރާ އޮފީހުން އެއްވެސް އެއްޗެއް ފެނިފައިނުވާއިރު އޭނާ ދިރިއުޅެމުންދާ ގެ ބަލައިފާސްކޮށް އެގޭގައި ހަދަމުންދާ ކޮޓަރިއެއްގެ ފާޚާނާ ހަރުކުރުމަށް ހަރުކޮށްފައިވާ ހޮޅީތެރެއިން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 50 ސެލޯފިންކޮޅު ފެނިފައިވެއެވެ.

މި މައްސަލަ މ. މުލީ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *