ފޮޓޯ: އެމްއެންޑީއެފް
ފޮޓޯ: އެމްއެންޑީއެފް

ސިފްކޯ ހިޔާގެ އަމަލީ މަސައްކަތްތަށް ޑިފެންސް މިނިސްޓަރު ބައްލަވާާލައިފި

ސިފްކޯ ހިޔާ 330 ފްލެޓްތަކުގެ ޢަމަލީ މަސައްކަތްތައް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުޓީ އަލްފާޟިލް އާދަމް ޝަރީފު ޢުމަރު މިއަދު ބައްލަވާލައްވައިފިއެވެ.

ހުޅުމާލޭގައި ޢިމާރާތްކުރަމުންދާ ”ސިފްކޯ ހިޔާސަރަހައްދަށް ޑިފެންސް މިނިސްޓަރ ކުރެއްވި މި ޒިޔާރަތުގައި ފްލެޓްތަކުގެ ޢަމަލީ މަސައްކަތް ކުރަމުންދާ ކުންފުނި، އައިލެންޑް އެކްސްޕާޓްގެ އިސް ފަރާތްތަކާ ބައްދަލުކުރައްވައި ފުލެޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ދާގޮތާއި ބެހޭގޮތުން ވަނީ މައުލޫމާތު އޮޅުން ފިލުއްވާފައެވެ.

ތިން ބުލޮކަކަށް ޢީމާރާތް ކުރަމުންދާ ސިފްކޯ ހިޔާ ފްލެޓްގައި މިހާރު ކުރަމުންދާ މަސައްކަތަކީ، ބުލޮކް އޭގެ ފައުންޑޭޝަންގެ މަސައްކަތް ނިންމައި، ކޮލަމްތައް ކާސްޓް ކުރުމުގެ މަސައްކަތެވެ. އަދި ބްލޮކް ބީގެ މެޒަނިންގ ފުލޯރގެ ޕާކިންގ އޭރިއާގެ ސުލެބް އަޅާނިމި، އަދި ނުނިމި ހުރި 10 ކޮލަމް އެޅުމުގެ މަސައްކަތް މިހާރު  ވަނީ ފަށާފައެވެ. މީގެއިތުރުން، ސީ ބުލޮކްގެ ފައުންޑޭޝަން މަސައްކަތާއި ގްރައުންޑް ފުލޯރގެ ކޮލަމްތަކުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ސިފްކޯހިޔާ ފުލެޓްގެ މަސައްކަތްތައް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ދަނީ ކުރެވެމުންނެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރު ހުޅުމާލޭ ”ސިފްކޯ ހިޔާ“ ފްލެޓް ސަރަހައްދަށް ކުރެއްވި މި ޒިޔާރަތުގައި މިނިސްޓަރުގެ އަރިހުގައި ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލްފާޟިލް މުޙައްމަދު ޒުހައިރު އާއި ސިފްކޯބޯޑުގެ ޗެއަރމަން ކާނަލް ޢަބްދުލްމަތީން އަޙުމަދާއި މިލިޓަރީ އިންޖިނިއަރސްގެ އޮފިސަރ ކޮމާންޑިންގ ކެޕްޓަން އަޙުމަދު ޝާރިމް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *