ހުއްޓިފައި އޮންނަތާ ގިނަ ދުވަސްތަކަކަށް ފަހު ހދ. . ކުޅުދުއްފުށީ މަގު ހެދުމުގެ އަަމަލީ މަސައްކަތް އިއްޔެ ފަށައިފި އެވެ.
އެންމެ ފުރަތަމަ ކުޅުދުއްފުށީ މަގު ހަދަން ފަށާފައި ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އެވެ. އެ މަސައްކަތް ހުއްޓުނީ ވެރިކަން ބަދަލުވި ހިސާބުންނެވެ.
ކުޅުދުއްފުށީ މަގު ހެދުމުގެ މަސައްކަތް ކުރަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓު ކޯޕަޜޭޝަނުން ނެވެ. އެ ކުންފުނިންގ ބުނީ މަސައްކަތް ނުފެށި ލަސްވީ ވަސީލަތްތައް ލިބުމުގައި ލަސްވުމުން ކަމަށެވެ. އިއްޔެ ތާރު އަޅަން ފަށާފައިވަނީ ބަންޑާރަ މަގުގައި އެވެ.
މި މަޝްރޫއު ނިމޭއިރު ކުޅުދުއްފުށީ ބޮޑެތި މަގުތައް ފެންވަރު ރަނގަޅު މަގުތަކަށް ވެގެންދާނެ ކަމަށް ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިިދާޅުވި އެވެ. ޑރ މުއިޒު ވިދާޅުވީ މި މަސައްކަތަކީ އަތޮޅުތެރޭގެ ތަރައްގީ އަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރެއިން ބޮޑު މަސައްކަތެއް ކަމަށެވެ.
މި މަސައްކަތް ފުރަތަމަ ފެށި އިރު މަގުތަކުގައި އަޅަން ނިންމާފައިއޮތީ ގަލެވެ. ތާރު އަޅަން ނިންމީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ސަރުކާރުގައި އެވެ. މި މަޝްރޫއުގެ ދަށުން އެ ރަށުގެ ބޮޑެތި މަގުތަކުގައި ތާރު އަޅާނެ އެވެ.