ފޮޓޯ: ޓުވިޓާ
ފޮޓޯ: ޓުވިޓާ

އެމްޑީޕީން ބައިލައްކަ މެންބަރުން ހަމަކުރުމުގެ އަމާޒުގައި

އެމްޑީޕީއާއި އަލަށް ގުޅުނު 12 ހާސް މެންބަރުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި އެވެ.

ފޯމްތައް ހުށަހެޅުމަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެމްޑިޕީގެ ޗެއާޕާސަން އަލީ ވަހީދު ވިދާޅުވީ މިއަދު އިލެކްޝަނަށް ހުށަހެޅި ފޯމްތައް ޕްރޮސެސްކޮށް ނިމުމުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ ޕާޓީއެއްގެ މެންބަރުންގެ އަދަދު ބައި ލައްކައަށް އަރާނެ ކަމަށެވެ. އަލީ ވަހީދު ވިދާޅުވީ އެ ޕާޓީޣެ މަގްސަދަކީ މެންބަރުންގެ އަދަދު މަދު ނުކުރުން ކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ މިހާރުވެސް ޕާޓީގެ އޮފީހުގައި ހާހެއްހާ ފޯމް އެބަހުރިހަކަމަށާއި މަސައްކަތް ކުރަނީ އެ ފޯމްތައް ޑިސެންބަރުގެ ކުރިން އިލެކްޝަނަށް ހުށަހެޅޭތޯ އެވެ. އޭނާ ވިދާޅުވީ ކުރިޔަށް އޮތްތާ ކޮންމެ މަހަކު އެމަހެއްގެ ފޯމްތައް އިލެކްޝަނަށް ހުށަހެޅޭތޯ މަސައްކަތް ކުރާނެކަމަށެވެ.

”އަޅުގަނޑުމެންގެ މަގުސަދަކީ އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހެދުން. މިހުރިހާ ފޯމެއް އިލެކްޝަނުން ޕްރޮސެސްކޮށް ނިމުމުން، ބައިލައްކަ ހަމަވާނެ، އޭރުން އަޅުގަނޑުމެންވާނެ ރާއްޖޭގައި އޮތް ހަމައެކަނި ބައިލައްކަ މެންބަރުން ތިބި ޕާޓީއަށް. އަދި ކުރިޔަށް އޮތްތާ ކޮންމެ މަހަކު ފޯމް ހުށަހަޅަން ފެށުމުން މެންބަރުންގެ އިތުބާރު ޕާޓީއާއި މެދު ބޮޑުވެގެންދާނެ،“ އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ 2018 ވަނަ އަހަރަށް މެންބަރުން އިތުރު ކުރުމުގެ ހަރަކާތްތަކުގެ ތެރެއިން ކޮންމެ މެމްބަރަކަށް މެމްބަރެއް ހޯދާނެ ކަމަށެވެ. އެހެން ނަމަވެސް ގަދަކަމުން މީހުން ލައްވާ ޕާޓީއަށް ސޮއި ނުކުރުވާނެ ކަމަށް ވިދާޅުވި އެވެ.

އަތޮޅުތެރޭގައި އެޕާޓީގެ މެންބަރުން އިތުރު ކުރުމަށް ހަރަކާތްތައް ހިންގުމަށް އަންނަ އަހަރު އިލެކްޝަނުން އެޕާޓީއަށް ދޫކުރާ ބަޖެޓޫން ބައެއް ކަނޑައެޅުމަށް ވަނީ ނިންމާފައި އެވެ.

މިހާރު އެޕާޓީގެ ރަޖިސްޓްރީގައި 40 ހާހަށް ވުރެ ގިނަ މެމްބަރު އެބަތިއްބެވެ. އަދި މި 12 ހާސް ލުމުން 52 ހާހަށް އިތުރުވެގެންދާނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *