އަންނަ މަހުން ފެށިގެން ދެ ބާވަތެއްގެ ޓެކުސް އެއް އޮންލައިންކޮށް ދައްކަން މީރާ އިން އަންގައިފި

މިއަންނަ އޮކްޓޫބަރު މަހުގެ އެކަކުން ފެށިގެން ދެބާވަތެއްގެ ޓެކްސް އެއް އޮންލައިންކޮށް ދެއްކުމަށް މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަންގައިފި އެވެ. މީރާ އިން އަންގާފައިވަނީ ވިތްހޯލްޑިން ޓެކްސާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާންގެ ފައިސާ ދެއްކުމާއި ބަޔާން އޮންލައިންކޮށް ހުށަހެޅުމަށެވެ.

މި ދެ ދާއިރާގެ ޓެކްސް ބަޔާން މީރާއަށް ދައްކަން ޖެހޭނީ މީރާ ކަނެކްޓް ނުވަތަ ބޭންކްތަކާއި އެމްއެމްއޭ އާއި ދެމެދު ގާއިމްކޮށްފައިވާ އޮންލައިން ނިޒާމް، އެމްއާރްޓީޖީއެސް މެދުވެރިކޮށް ކަމަށް މީރާ އިން ނެރުނު ޓެކްސް ރޫލިންގައިވެއެވެ. އަދި މި ރޫލިންގް ގައިވާ ގޮތުން ވިތްހޯލްޑިން ޓެކްސާއި ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ބަޔާންގެ ފައިސާ ދެއްކުމާއި ބަޔާން އޮންލައިންކޮށް ހުށަހަޅަންޖެހޭނީ މީރާ ކަނެކްޓް މެދުވެރި ކޮށެވެ.

މީރާ އިން ބުނެފައިވާ ގޮތުގައި އޮންލައިންކޮށް މި ދެ ބާވަތުގެ ޓެކްސް ދެއްކުމަށް ހަމަ ޖެއްސީ ގިނަ ބަޔަކު ޓެކްސް ދެއްކުމަށް ކިޔުގައި ނުތިބެ އެ އިދާރާ އަށް ވެސް ނުގޮސް މީރާ ކަނެކްޓް މެދުވެރިކޮށް ފައިސާ ދެއްކުމަށް ބާރު އެޅުމުގެ މަޤްސަދުގައި ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *