އައްޑޫ ސިޓީގައި ސިހުރު ހަދާ ކަމަށް ބެލެވޭ ގެއަކުން ބައެއް ތަކެތި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފި

އައްޑޫ ސިޓީގައި ސިހުރު ހަދާކަމަށް ތުހުމަތު ކުރެވޭ މީހަކު އުޅޭ ގެއެއް ބަލައި ފާސްކޮށް އެމަސައްކަތުގައި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހުންނާ އައްޑޫ ސިޓީގައި ޙަރަކާތްތެރިވާ ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށްފައިވަނީ ސ. ހިތަދޫ ހުސްނޫގެއިން ކަމަށް ފުލުހުން ހާމަކުރެ އެވެ.

ފުލުހުން ބުނީ ފުލުހުންނަށް ލިބުނު އިންޓެލިޖެންސް މަޢުލޫމާތަކާއެކު މި ގެ ބަލައި ފާސްކޮށް ސިހުރު ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފޮތާއި އެހެނިހެން ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށާއި މިމައްސަލަ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *