ފުލުފުލުގައި ނިކުތް ކާމިޔާބު ތިން ފިލްމަށްފަހު އަކްޝޭ ކުމާރު ސަލްމާނާއި އާމިރުގެ މައްޗަށް އަކްޝޭ ކުމާރު ކުރި ހޯދައިފި

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު މި އަހަރު ފުލުފުލުގައި ކުޅުނު ތިން ފިލްމު ކަމަށްވާ ”އެއާ ލިފްޓް“ ”ރުސްތަމް“ އަދި ”ރުސްތަމް“ ގެ ކާމިޔާބީއަށްފަހު ސަލްމާން ހާނާއި އާމިރު ހާނުގެ މައްޗަށް އަކްޝޭ ކުރި ހޯދައިފި އެވެ.

އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް އެކްސައިޒް އެންޑް ކަސްޓަމްސް (ސީބީއީސީ) އިން ހާމަކޮށްފައިވާގޮތުގައި ސަލްމާނާއި އާމިރުގެ މައްޗަށް އަކްސޭ ކުރި ހޯދާފައިމިވަނީ އަހަރެއްގެ ތެރޭގައި އެންމެ ގިނަ ޓެކްސް ދެއްކި ބޮލީވުޑް ތަރިއަށް ވުމުންނެވެ. މިދިޔަ އަހަރު އެ ލިސްޓްގެ އެންމެ ކުރީގައު އުޅުނީ ސަލްމާން ހާނެވެ.

ސަލްމާން ހާން އާއި އާމިރް ހާން އާ އަޅާކިޔާއިރު އަކްސޭ ފާހަގަކޮށްލެވެނީ ކޮންމެ އަހަރަކުވެސް ގިނަ ފިލްމުތަކެއް ކުޅޭ ބަތަލެއްގެ ގޮތުގައެވެ. އާމިރު ހާން އާއި ސަލްމާން ހާން އަހަރު ކުޅެ އުޅެނީ އެއްފިލްމު ދެ ފިލްމު ކަން ފާހަގަކޮށްލެވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *