ކަލާފާނު ސުކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް ބާއްވައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސް (އެފްއާރުއެސް)އިން ކަލާފާނު ސުކޫލުގައި ފަޔަރ އިވެކުއޭޝަން ޑްރިލްއެއް މިއަދު ބާއްވައިފިއެވެ.

މި އިވެކުއޭޝަން ޑްރިލްއަކީ ސުކޫލުގައި ހިނގައިފާނެ އަލިފާނުގެ ހާދިސާތަކުގައި ޢަމަލު ކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން އެކުލަވާލާފައިވާ ”ފަޔަރ އިވެކުއޭޝަން ޕްލޭން“ އަށް ފަރިތަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ އިވެކުއޭޝަން ޑްރިލްއެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.

frs3

”އެ ސްކޫލުގައި މިއަދު ބޭއްވި މި އިވެކުއޭޝަން ޑްރިލްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ، ސްކޫލުން ނުކުމެގެން ސަލާމަތްތެރި ހިސާބަކަށް ދާނެ މަގުތައް ދެނެގަތުމުގެ އިތުރުން، އެފަދަ ހާދިސާއެއް ދިމާވެގެން އުޅޭ މާހައުލެއްގައި މީހުން އުފުލުމާއި، މީހުންނަށް އެހީތެރިވުމުގައި ކަންތައް ކުރަންޖެހޭނެ ގޮތްތައް ވަނީ ފަރިތަކޮށްފައި“ އެމްއެންޑީއެފުން ބުނެ އެވެ.

frs2

އެމްއެންޑީއެފުން އިތުރަށް ބުނީ މި އިވެކުއޭޝަން ޑްރިލްގައި އެ ސްކޫލުގެ ހުރިހާ ގުރޭޑް ތަކެއްގެ ދަރިވަރުންނާއި ޓީޗަރުން އަދި އިދާރީ މުވައްޒަފުން ވަނީ ބައިވެރިވެފައި ކަމަށެވެ.

frs01

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *