އިތުބާރުކުރެވޭ މަޤާމެއްގެ ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގި މީހަކު 17 އަހަރަށް ޖަލަށް

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވި މީހަކު 17 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމްކޮށްފައިވަނީ ހ. ގޯލްޑަންޝަވަރ މަޙްމޫދު ޙުސައިން (51އ) އެވެ.

މަޙްމޫދު ޙުސައިންގެ މައްޗަށް އިތުރުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 2014 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ދުވަސްމަތިން ކުޑަކުއްޖަކާމެދު ޖިންސީ ޢަމަލު ހިންގާފައިވާ މައްސަލައާއި ގުޅިގެންނެވެ.

މި ދަޢުވާ ބެލުމަށްފަހު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ޙުކުމްގައި ބުނަނީ ދަޢުލަތުން މަޙްމޫދު ޙުސައިންގެ މައްޗަށް ކޮށްފައިވާ ދަޢުވާގައި މަޙްމޫދު ޙުސައިންގެ އަމިއްލަ އިޢުތިރާފުން ޝަރީއަތަށް ސާބިތުވާތީ، އިތުބާރުކުރެވޭ މަޤާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސާ ޢަމަލެއް ހިންގުމުގެ ކުށުގެން މަޙްމޫދު ޙުސައިން ކުށްވެރިވާކަމަށް ކަނޑައަޅާކަމަށެވެ. އަދި މި ކުށުގެ އުޤޫބާތެއްގެ ގޮތުން ޤާނޫނު ނަންބަރު 12/2009 (ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުޞޫލުތަކަކަށް ޢަމަލު ކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެޤާނޫނުގެ (ށ) ގެ ދަށުން މަޙްމޫދު ޙުސައިން 17 އަހަރާއި 6 މަސް ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ޙުކުމްކުރާކަމަށް ޤަޟިއްޔާގައިވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *