އެމްއެންޑީއެފުން ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް ފަށައިފި

އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް ހިންގާ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯސް 02-2016 ފަށައިފިއެވެ.

އެމްއެންޑީއެފުން ހާމަކުރާގޮތުގައި މިއަދުން ފެށިގެން ހަތް ދުވަހުގެ މުއްދަތަށް ސަން އައިލެންޑް ރިސޯޓުގެ އިތުރުން ވިލިމާލޭގައި ޤާއިމްކޮށްފައިވާ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ޓްރޭނިންގ ސްކޫލުގައި ވެސް މި ކޯހުގެ ތަމްރީނުތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މި ކޯހުގައި ސަން އައިލެންޑް ރިސޯޓުގައި މަސައްކަތްކުރާ 15 މުވައްޒަފުން ވަނީ ބައިވެރިވެފައިވާކަމަށާއި މި ކޯހުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ޢަމަލު ކުރަން ޖެހޭނެ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނުތައް ބޭނުންކޮށްގެން އަލިފާން ނިއްވާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

މީގެ އިތުރުން ފިޒިކަލް ޓްރޭނިންގ، ފަޔަރ ބިހޭވިއަރ، ފަޔަރ ޑިޓެކްޝަން އެލާމް ސިސްޓަމް، ފިކްސްޑް ފަޔަރ ފައިޓިންގ ސިސްޓަމް، ފަޔަރ ޕޯޓަބަލް ޕަމްޕު އަދި އިންސިޑެންޓް ކޮމާންޑް ސިސްޓަމް އާއި ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމަންޓްސް ބޭނުންކުރާނެ ގޮތްތައް ދަސްކޮށްދެވޭނެ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.

އެމްއެންޑީއެފުން އިތުރަށް ބުނީ އެފްއާރުއެސްއިން ސަން އައިލެންޑް ރިސޯޓުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާ އިންޑަސްޓްރިއަލް ފަޔަރ ބްރިގޭޑް ކޯހަކީ އެ ރިސޯޓުގެ ފަޔަރ ސްކޮޑް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ޤަބޫލުކުރާ ފެންވަރަށް ތަމްރީނުކުރުމަށްޓަކައި ހިންގާ ކޯހެއް ކަމަށާއި މި ކޯހުގައި ކިޔަވައިދެއްވަނީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ މުދައްރިބުން ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *