ސަލްމާން ކައިވެނި ކުރިޔަސް ނުކުރިޔަސް އެއީ އަހަންނާ ބެހޭ ކަމެއް ނޫން: އަރުބާޒު ހާން

ބޮލީވުޑް މެގަ ސްޓާ ސަލްމާން ހާނާއި އޭނާގެ ލޯބިވެރިޔާ ކަމަށް އަޑުފެތުރިފައި އޮންނަ ރޮމޭނިއާގެ އަންހެންކުއްޖާ ލޫލިއާ ވަންތޫރުއާ ބެހޭގޮތުން ސަލްމާންގެ ކޮއްކޮ އަރުބާޒު ހާނަށް މީޑިއާއިން ސުވާލެއް ކުރިމަތި ކުރުވުމުން ވަރަށް ރުންކުރު ޖަވާބެއް ދީފި އެވެ.

މީޑިއާއިން ސުވާލުކުރުމް އަރުބާޒު ބުނެފައިވަނީ ސަލްމާންގެ ކައިވެނީގެ ވާހަކައާއި ޒާތީ ހަޔާތުގެ ވާހަކަތަކަކީ އޭނާއާ ބެހޭ ކަންކަމެއް ނޫން ކަމަށެވެ. އަދި އެކަންކަމަކީ ސަލްމާންގެ ޒާތީ ކަންކަމަށްވާއިރު އެކަންކަމުގެ ތެރެއަށް ވަންނަން ބޭނުން ނުވާ ކަމަށެވެ.

ސަލްމާން އާއި ލޫލިއާގެ ގުޅުމާއި ބެހޭގޮތުން މީޑިއާއަށް އަރުބާޒު ރުންކުރު ޖަވާބެއް ދީފައިވާއިރު މި އަހަރުގެ ފަހުކޮޅު ސަލްމާން އާއި ލޫލިއާ ކައިވެނި ކުރަން ތައްޔާރުވަމުން އަންނަކަމުގެ އަޑުތައް ވަނީ ފެތުރިފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *