ސައުދީގައި މި އަހަރު ކޮށްފައިވާ ވައްކަންތަކުގެ ތެރެއިން 50 އިންސައްތަ ވައްކަން ކުރީ އަންހެނުން

ސައުދީއަރަބިއާގައި މި އަހަރު މިހާތަނަށް ކޮށްފައިވާ ވައްކަންތަކުގެ ތެރެއިން 50 އިންސައްތަ ވައްކަންކުރީ އަންހެނުން ކަން އެ ގައުމުން ހާމަކޮށްފި އެވެ.

އެ ގައުމުން އާއްމު ކޮށްފައިވާ ތަފާސްހިސާބެއްގައި ބުނެފައިވާގޮތުން މިހިނގާ 2016 ވަނަ އަހަރު އެ ގައުމުގައި ވައްކަމުގެ 65 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެ އެވެ. އޭގެ ތެރެއިން 21 މައްސަލައެއް ކޯޓުން ބަލައިގެންފައިވާއިރު 10 މައްސަލައެއް ކޯޓުން ބަލައިނުގަނެ ބޭރުކޮށްފައިވާކަމަށް ބުނެފައި ވެ އެވެ.

ސައުދީން އާއްމުކޮށްފައިވާ މި ތަފާސް ހިސާބާއި ގުޅިގެން ސައުދީގެ ކްރިމިނޯލަޖީ އަދި ސައިކޮލޮޖީ ސްޕެޝަލިސްޓެއް ކަމަށްވާ މުހައްމަދު އަލް ފަރްހިދު ބުނެފައިވަނީ ކުށްކުރާ އަންހެނުން އިތުރުވަމުން އަންނަނީ ހަމައެކަނި ސައުދީގައި ނޫން ކަމަށާއި ދުނިޔޭގެ އެކި ގައުމުތަކުގައި ކުށްކުރާ އަންހެނުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނަ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *