ނޯޓު 7: ފޯނެއްތަ ! ޓައިމް ބޮމެއްތަ !

މަތީގައި އެވަނީ މީގެ ފަސް ދުވަސް ކުރިން ފޯބްސް މެގަޒިނުން އާއްމު ކޮށްފައިވާ ކާޓޫނު ފޮޓޯއެކެވެ. ސްމާޓް ފޯނު އުފެއްދުމުގައި އެއްމެ ކުރީގައި އުޅޭ އެއް ކުންފުނި ކަމުގައިވާ ދެކުނު ކޮރެއާގެ ސެމްސަންގު ކުންފުނިން އުފެއްދި އައު ފޯނު، ސެމްސަންގް ގެލެކްސީ ނޯޓު 7 ސިފަކޮށްފައި އެވަނީ ޓައިމް ބޮމެއްގެ ގޮތުގަ އެވެ.

ފޯބްސް މެގަޒިންގައި ލިޔެފައި ވެ އެވެ. ”އެ ފޯނުތައް ގޮވަން މެދުވެރިވަނީ ފޯނުގައި ބޭނުންކޮށްފައިވާ ލިތިއަމް އައިއޮން ބެޓެރީ އެއްމެ ރަނގަޅަށް ސާކަޓް ނުކުރެވުމުގެ ސަބަބުންނެވެ. ބައެއް ފޯނުތައް ރަނގަޅަށް މަސައްކަތްކުރާއިރު ބައެއް ފޯނުތައް ވަނީ އަޑުކިޔާ ޓައިމް ބޮމަކަށެވެ.“

އެ މެގަޒިންގައި އިތުރަށް ލިޔެފައި ވެ އެވެ. ”ކާރެއްގެ ތެރޭގައި ޗާޖަށް ޖަހާފައި އޮތް ނޯޓު 7 ގޮވުމުން އެ ކާރު އަނދާ ހުލިވެފައި ވެ އެވެ. ފޯނު ގޮވުމުން އެތައް ބައެއްގެ ހަށިގަނޑުގެ އެކި ގުނަވަންތައް ފިހިފައިވާއިރު ތުއްތު ކުއްޖެއްގެ އަތް ފިހިފައި ވެ އެވެ.“

ފޯބްސް މެގަޒިންގައި ނޯޓް 7، ޓައިމް ބޮމެއްގެ ގޮތުގައި ސިފަކޮށްފައިވާއިރު އެމެރިކާގައި އެކަނި ނޯޓު 7ގެ 92 ފޯނު ގޮވާފައި ވެ އެވެ. އޭގެ ތެރެއިން 26 ފޯނު ގޮވި ހާދިސާގައި މީހުންނަށް އަނިޔާވެފައި ވެ އެވެ. ނޯޓު 7 ގޮވާ މައްސަލައިގާ ނޯޓު 7 ފްލައިޓްގައި ދަތުރު ކުރާއިރު ނޯޓް 7 ފްލައިޓަށް އެރުވުން އެއާލައިންތަކުން އަންނަނީ މަނާ ކުރަމުންނެވެ. ދިވެހި ގައުމީ އެއާލައިނުންވެސް ވަނީ މަނާކޮށްފަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *