އައްޑޫ ސިޓީ ހުޅުމީދޫ ކުޅި ހިމެނޭ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި އެވެ.
އެމްއެންޑީއެފުން ބުނީ އައްޑޫ ސިޓީ ހުޅުމީދޫގެ ކަނޑޮފިށި ކުޅި ސަރަހައްދުގައި ރޯވި އަލިފާން އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ނިއްވާލާފައި ވާކަމަށެވެ.
ފުލުހުން ކުރިން ބުނެފައިވަނީ އެސަރަޙައްދުގައި އަލިފާން ރޯވެފައިވާ ކަމުގެ މައުލޫމާތު ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށް ލިބިފައިވަނީ މިއަދު 18:27 ހާއިރު ކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް އަދި ގެދޮރަކަށް ގެއްލުމެއް ލިބިފައިނުވާކަމަށް ފުލުހުން ބުނެ އެވެ.