ސާފުތާހިރުވެ ތިބުމަށް ދަރިންނަށް މިކަންތައްތައް ދަސްކޮށްދެމާ؟

ސާފު ތާހިރު ވުމަކީ ހަމަ އެކަނި ހުންނަ ސިފަ ރީތިކޮސް ބެހެއްޓުމެއް ނޫނެވެ. ސާފު ތާހިރު ވުމަކީ ބަލިތަކުން ދުރުވެ ރައްކާތެރިވެ ތިބެވޭނެ ފަދަ ގޮތްތަކެއް އަށަގަތުމެވެ.

ސާފު ތާހިރު ވެގެން ތިބުމަކީ ކޮބާކަން ކުޑަކުދިންނަށް އެންމެ ފުރަތަމަ ނޭނގޭނެ އެވެ. އެހެން ކަމުން އެކަންތައްތައް އެކުދިންނަށް ދަސްކޮށްދިނުމަކީ އެކުދިންގެ މައިންބަފައިންގެ ޒިންމާ އެކެވެ.

 މިގޮތުން ދަސްކޮސް ދެވިދާނެ ބައެއް ކަންތައްތަކަކީ:

އަނގަ ތެރެ ސާފުކޮށް ބެހެއްޓުން

އަނގައިތެރެ ސާފު ތާހިރުކޮށް ބެހެއްޓުމަކީ ކުޑަދަރިފުޅުގެ އެންމެ ފުރަތަމަ ދަތް ފެޅުމުން ފެށިގެން ކުރަން ޖެހޭނެ ކަމެކެވެ. އެގޮތުން ދަތް އުނގުޅުމާ ހިރުގަނޑު ސާފުކޮށް ބެހެއްޓުމުން ތަފާތު އެކިއެކި ބަލިތައް ޖެހުމުން ވެސް ދުރުކޮށްދީ ރައްކާތެރި ކޮށްދެއެވެ. ހެނދުނު ހޭލުމަށްފަހުގަ އާއި ރޭގަނޑު ނިދަން އޮށޯތުމުގެ ކުރިން ދަތް އުނގުޅުމަށް ދަރީންނަށް އާދަކޮށްދިނުމަކީ އެކުދިންނަށް ވަރަށް ފައިދާ ހުރި ކަމަކަށް ވާނެއެވެ. އަދި މިކަމަށް ހިތްވަރު ދިނުމުގެ ގޮތުން އެކުދީންނާއި އެކީ ތިމާ ވެސް މިކަން ކުރުމުން އެކުދިން ވަރަށް ބޮޑަށް ހިތްހަމަޖެހި އެކަންކުރާ ހިތުން ކުރާނެއެވެ.

happy family mother and daughter child girl brushing her teeth toothbrushes front of the mirror in the bathroom

ނިޔަފަތި ކެނޑުން/ނުކެއުން

ނިޔަފައްޗަކީ ވެސް ވަރަށް ގިނަ ބެކްޓީރިއާ އެކުލެވޭ އެއްޗެކެވެ. ގިނަ ކުޑަ ކުދިންނަކީ އަނގަޔަށް އަތްލުމަށާއި ނިޔަފަތި ކެއުމަށް އާދަވެފައި ތިބޭ ކުދިންނެވެ. ނަމަވެސް މިއީ ސިއްޙަތަށް ވަރަށް ގެއްލުން ހުރި ކަމެއްކަން އެކުދިންނަށް ވިސްނޭނެ ފަދަ ގޮތަކަށް ކިޔާދޭން ވާނެއެވެ. އަދި ނިޔަފަތި ކަނޑާފާ ބެހެއްޓުމުގެ ރީތި އާދަ އެކުދިންނަށް ދަސްކޮށްދޭން ވާނެއެވެ. ނިޔަފަތި ދިގުކޮށްފައި ބެހެއްޓުމުން ނިޔަފަތިތަށް ހަޑިވެ އެކިކަހަލަ ޖަރާސީމު އެއްވާނެ އެވެ.

toddler

އަތް ދޮވުން

ގިނަގިނައިން އަތް ދޮވުމުން ވެސް، ތަފާތު ބަލިތަށް ޖެހުމުން ރައްކާތެރި ކޮށްދޭނެ އެވެ. އެކި ތަންތާނގައާއި، އެކި އެއްޗެހީގައި އަތް ލުމުން، ނުވަތަ ކިނބިއްސެއް އެޅޭ ވަގުތު އަތް އެޅުމުން ވެސް އަތުގައި ޖަރާސީން އުފެދޭނެ އެވެ. އެހެންކަމުން ގިނައިން އަތް ދޮންނަން ވާނެއެވެ. މިސާލަކަށް ބޭރުގައި އުޅޭ ވަގުތެއްނަމަ، ހޭންޑް ސެނިޓައިޒަރ އެއް ދެއަތުގައި އުނގުޅާލުމުން ވެސް ޖަރާސީންތަށް މަރުވާނެއެވެ. މިއީ ވެސް ކުޑަކުދިންނަށް ދަސްކޮށްދޭން ރަނގަޅު އާދައެކެވެ.

mother-daughter-washing-hands-76763895-small

ރީތިކޮށް ފެންވެރުން

އެކަނި ފެންވެރޭ ވަރަށް ބޮޑު ނުވަނީހެން، ކުޑަކުދިން އެކަނި ފެންވަރަން ދޫކޮށްލައިގެން ނުވާނެއެވެ. ރީތިކޮށް ގައިން ޠާޙިރު ވާން އެކުދިންނަށް ނޭނގޭނެއެވެ. އެހެންކަމުން ހަށިގަނޑުން ޖަރާސީންތަށް ނުފިލުމުގެ އިތުރުން ނުބައި ވަސްވެސް ދުވާނެއެވެ. އެހެން ކަމުން ކުޑަކުދިން ފެންވަރުވާ ދިނުމަށް އާދަ ކުރާށެވެ. އަދި އަމިއްލައަށް ފެންވެރޭ ވަރަށް ބޮޑު ވުމުންވެސް، އެކުދިން ފެންވަރަނީ ރަނގަޅަށްތޯ ބަލާ، ފެންވަރަންވީ ރަނގަޅު ގޮތްތަށް ކިޔާދޭށެވެ.އަދި ދުވާލަކު މަދުވެގެން ދެ ފަހަރު ފެންވެރުމަށް އާދަ ކޮށްދޭށެވެ.

b0edeluxetubshower2

މީގެ އިތުރުންވެސް ދަރީންނަށް ދަސްކޮސް ދެވިދާނެ ވަރަށް ގިނަ ރިވެތި އާދަ ކާދަ ތަކާއި ސާފު ތާހިރުވެ ތިބުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންތައްހުރެއެވެ. މިކަހަލަ ކަންތައްތައް ދަރިންނަށް ދަސްކޮށްދިނުމުން އެކުދިން ގެ ސިއްޙަތަށް ފައިދާވުމުގެ އިތުރުން، އެކުދިންގެ ފަރާތުން މިކަންތައްތައް އެހެން ފަރާތްތަކަށް ވެސް ދަސްވާނެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *