ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ބިދޭސީ އަކު ހޯދަން ފަށައިފި އެވެ.
ފުލުހުން ބުނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ޖަހެދުލް އިސްލާމް ކަމަށެވެ.
އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ފުލުހުންގެ ނަމްބަރު 3322111 ނުވަތަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9790163 އަށް ގުޅުމަށް ފުލުހުން އެދެ އެވެ.