ނިއުޔޯކްގައި ގޮވި އެއްޗަކީ ޓެރަރިޒަމްގެ އަމަލެއްހެން ހީނުވާ ކަމަށް މޭޔޯ ބިލް ވިދާޅުވެއްޖެ

ނިއު ޔޯކްގެ ޗެލްސީ ގައި އެއްޗެއް ގޮވުމުގެ ހާދިސާއާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެޤައުމުގެ މޭޔޯ ބިލް ޑި ބްލާސިއޯ ބުނެފައިވަނީ، އެއީ ޓެރަރިޒަމްގެ ޢަމަލެއް ކަމަށް ނުބެލެވޭ ކަމަށާއި އެހެން ހީކުރެވެންވީ އެއްވެސް ހެއްކެއް ފެނިފާނުވާކަމަށެވެ. ނަމަވެސް އެއްޗެއް ގޮއްވާލާފައިވަނީ ގަސްތުގާ ކަމަށް މޭޔޯ ބިލް ވަނީ ވިދާޅުވެފައެވެ. ގޮއްވާލާފައި ވަނީ ކޮން އެއްޗެއް ކަން އަދި އެނގިފާނުވާ ކަމަށް ވެސް މޭޔޯ ވަނީ ވިދާޅުވެފައެވެ.

ޗެލްސީ ގައި ހިނގި މިހާދިސާގެ ސަބަބުން މިހާތަނަށް 27 މީހުން ޒަޚަމްވެފައިވާ ކަމަށާއި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް އެންވައިޕީޑީ އިން ވަނީ ސީއެންއެން އަށް މަޢުލޫމާތު ދީފައެވެ. މިހާދިސާ ހިނގަން މެދުވެރިވި ސަބަބާއި މިއީ ކޮން ބަޔަކު ކުރި ކަމެއްކަން ހޯދުމުގެ މަސައްކަތް އެންވައިޕީޑީ އާއި އެފްބީއައި އަދި ބޮމް ސްކުއާޑުން ކުރިއަށް ގެންދިޔަ އިރު، މިހާތަނަށް ވަނީ ވަޔަރު ތަކެއް ގުޅާފައި ހުރި ޕްރެޝަރ ކުކަރެއް ފެނިފައެވެ. މިއީ ގޮވާފަދަ އެއްޗެއްތޯ ބެލުމަށް އެފަރާތް ތަކުން ދަނީ މަސައްކަތް ކުރަމުން ނެވެ.

ޗެލްސީގައި ގޮވާފައި ވަނީ ކޮން އެއްޗެއްކަން ހޯދުމަށާއި އެއީ ކޮންފަރާތަކުން ކުރި ކަމެއްކަން އާއްމު ރައްޔިތަކަށް އެނގޭނަމަ އެމަޢުލޫމާތެއް ވީ އެންމެ އަވަހަކަށް އެންވައީޕީޑީ އާއި ހިއްސާ ކުރުމަށް ވެސް އެފަރާާތުން ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މީގެ އިތުރުން، އެއްޗެއް ގޮވާފައިވާ ސަރަޙައްދު އެއްކޮށް ބަލާ ސާފު ކުރެވެންދެން، އަމިއްލަ ރައްކާތެރި ކަމަށްޓަކައި، އެހިސާބުގަނޑުގައި ދިރިއުޅޭ ރައްޔިތުން އެސަރަޙައްދާއި ކުޑަދޮރު ތަކާއި ދުރުގައި ތިބުމަށް ވެސް އެފަރާތުން ވަނީ ގޮވާލާފައެވެ. އެސަރަޙައްދު ހުސްކޮށްފައި ނުވާ ކަމަށް ވެސް ސީއެންއެން ގެ އެންމެ ފަހުގެ ރިޕޯޓު ތަކުން ވަނީ ހާމަ ކޮށްފައެެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *