ޖީބުގައި އޮއްވާ ނޯޓު 7 ގޮވުމުން ސެމްސަންގާ ދެކޮޅަށް ދައުވާ ކޮށްފި

ދެކުނު ކޮރެއާގެ ކުންފުންޏެއް ކަމަށްވާ ސެމްސަންގު ކުންފުނިން އެންމެ ފަހުން ނެރުނު ނޯޓް 7 ގޮވާ މައްސަލަ ފެންމަތިވެ އެ ފޯނު ބާޒާރުން ނަގަން ފަށާ އަދި ފޯނަށް ދިމާވި މައްސަލަ ހައްލު ކުރުމަށްފަހު މި މަހުގެ ފަހުކޮޅު ބާޒާރަށް ނެރޭނެކަން ސެމްސަންގުން އިއުލާނުކޮށްފައިވަނިކޮށް އެ ކުންފުންޏާ ދެކޮޅަށް މީހަކު ދައުވާއެއް ކޮށްފި އެވެ.

ސެމްސަންގާ ދެކޮޅަށް ދައުވާ ކޮށްފައިވަނީ ފްލޮރިޑާގެ ޖޮނަތަން ސްޓްރޯބެލް ނަމަކަށް ކިޔާ މީހެކެވެ. އޭނާ ސެމްސަންގާ ދެކޮޅަށް ދައުވާކުރީ ޖީބުގައި އޮއްވާ ނޯޓް 7 ގޮވުމުން އޭނާގެ ފަޔާއި އަތުގެ އިނގިލި ފިހުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އޭނާ ބުނެފައިވަނީ އެ ފޯނު ގޮވީ ލައިގެން ހުރި ފަޓުލޫނުގެ ޖީބުގައި އޮއްވާ ކަމަށެވެ. ފޯނު ޖީބުގައި އޮއްވާ ގޮވުމުން ކަނާތު ފައިގެ ފަލަމަސްގަނޑުން ބޮޑުބައެއް ފިހިފައިވާކަމަށާއި ފޯނު ގޮވުމުން ޖީބުން ފޯނު ނަގަން އުޅުމުގެ ތެރޭގައި އަތުގެ ބޮޑުމައި އިނގިލި ފިހުނު ކަމަށްވެސް އޭނާ ބުނެ އެވެ.

ސެމްސަންގާ ދެކޮޅަށް ސްޓްރޯބެލް ދައުވާކޮށްފައިވާއިރު އެމެރިކާގައި އެކަނި ނޯޓް 7 ގެ 92 ފޯނު ގޮވާފައިވާކަން ރިޕޯޓްކޮށްފައި ވެ އެވެ. އޭގެ ތެރެއިން 26 ހާދިސާއެއްގައި މީހުން ފިހިފައިވާކަމަށް ރިޕޯޓް ކޮށްފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *