ވަރަށް އުންމީދާއި އެކު އުޖާލާ މުސްތަގުބަލެއް ހޯދަން މަސައްކަތް ކުރަމުން ދިޔަ ޒުވާނެކެވެ. އުމުރުން 23 އަހަރުގެ އަހުމަދު ސާލިމް ނިންމައިގެން ހުރީ ސްކޫލް ނިންމުމަށް ފަހު ކޮމްޕިއުޓިންގ ގެ ދާއިރާއިން ކުރިޔަށްދާށެވެ. އޭނާ ދިޔައީ އެ ދާއިރާއިން ކިޔަވަމުންނެވެ.
އެ ހުވަފެންތައް ދެކުން މަޑުޖައްސާލަށް ޖެހުނީ ހަމަ ކުއްލި އަކަށެވެ. މިހާރު ދެކެމުންދަނީ އެހެން ހުވަފެނެކެވެ. އުންމީދު ކުރަމުންދަނީ އެހެން ކަމަށެވެ. އަވަހަށް ކިޑްނީއެއް ލިބި އެހެން މީހުން އުޅެމުންދާ ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅެއް ފަށައި އޭރު ދެކުނު ހުވަފެންތައް ހަގީގަތަކަށް ހަދަން މަސައްކަތް ފެށޭނެ ދުވަހެކެވެ.
މީގެ އަހަރެއްހާ ދުވަސް ކުރިއާއި ޖެހެންދެން އުފަލާއި މަޖަލުގައި އުޅުނު ސާލިމް ކުއްލިއަކަށް ބަލިވާން މާބޮޑު ކަމެއް ދިމައެއް ނުވެ އެވެ.
އޭރު ރަށުގައި ހުރި ސާލިމް އެ ދުވަހު މޫދަށްދާން ތައްޔާރުވެ މަންމައާއި އެކު ގެއިން ނުކުތެވެ. މޫދަށް ދިޔަ މަގުމަތީގައި ކުއްލިއަކަށް ފިޓުޖެހިގެން މަގުމައްޗަށް ވެއްޓުނީ އެވެ. މީގެ ކުރިން ދުވަހަކުވެސް ފިޓު ޖެހިފައިނުވާ ސާލިމްއަށް ކުއްލިއަކަށް ފިޓުޖެހި އެމަޖެންސީގައި މާލެ ގެންނަން ޖެހުމުން އާއިލާއަށް ލިބުނީ ކުއްލި ސިހުމެކެވެ.
”އިތުރު އެއްވެސް ކަމެއް ނުވޭ އެ ދުވަހުވެސް އަދި އޭގެ ކުރިންވެސް މާ ބޮޑު ބައްޔެއްވެސް ނުވޭ. ހަމަ ކުއްލިއަކަށް ފިޓުޖެހިގެން ވެއްޓުނީ. މާލޭން ޑޮކްޓަރު ބަލާފައި ބުނީ ކިޑްނީވެސް ފެއިލްވެފައި އޭ އިނީ. ވަރަށް ދެރަވޭ އެކަން ހިތަށް އެރީމައި. އެކަމަކު އަދިވެސް އުންމީދު ކަނޑައެއް ނުލަން،“ ސާލިމް ބުންޏެވެ.
ސާލިމް މާލެ ގެނެސް ހޮސްޕިޓަަލަށް ގެންގޮސް ޓެސްޓްތައް ހެދުމުން އެނގުނީ ދެ ކިޑްނީ ފެއިލްވެފައިވާ ކަމެވެ. އަދި އެ ދުވަހުން ފެށިގެން ކޮންމެ ހަފްތާއަކު ދެ ފަހަރު އޭނާ ގެންދަނީ ޑައެލެސިސް ހަދަމުންނެވެ. ތިން ފަހަރު އިންޑިއާ އަށް ގޮސް ފަރުވާ ހޯދުމުން އިންޑިއާއިން ބެލި ޑޮކްޓަރުންވެސް ވިދާޅުވީ އެހެން ކިޑްނީ އެއް ލެއްވުން އަވަސް ކުރަން ޖެހޭ ކަމަށެވެ.
ސާލިމްގެ ދެ ކިޑްނީ ފެއިލްވެފައިވާކަން އެނގުނު ދުވަހުން ފެށިގެން އާއިލާއިން ދަނީ ކިޑްނީއެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ސާލިމްގެ މަންމަ ހަދީޖާ ސުލައިމާން ބުނީ ސާލިމްއަށް ކިޑްނީއެއް ހޯދުމަށް މުޅި އާއިލާއިން ކޮންމެ ދުވަހަކު އެތައް މަސައްކަތް ކުރާ ކަމަށެވެ. އަދި އެކަމަށް އެހެން ފަރާތްތަކުގެ ދީލަތި އެހީ ބޭނުންވާ ކަމަށް ހަދީޖާ ބުންޏެވެ.
”ސާލިމްގެ ބޭސްފަރުވާއަށް އާސަންދަ ލިބޭ. އެކަމަކު އިތުރު ފަރުވާއަށާއި ކިޑްނީ ބަދަލު ކުރަން ދާން ޖެހެނީ އިންޑިއާއަށް. އެކަމަށް ބޮޑު ހޭދައެއް ކުރަން ޖެހޭތީ ދީލަތި ފަރާތްތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުން،“ ހަދީޖާ ބުންޏެވެ.
ސާލިމްގެ އާއިލާ މީގެ ކުރިން ދިރިއުޅެމުންދިޔައީ ރަށުގައި އެވެ. ސާލިމްގެ ކިޑްނީ ފެއިލްވެ ޑައެލެސިސް ހަދަން ޖެހުމުން އާއިލާގެ ދިރިއުޅުން މިހާރު ވަނީ މާލެއަށް ބަދަލުކޮށްފައި އެވެ.
އާއިލާއިން ބޭނުންވަނީ ސާލިމްއަށް ކިޑްނީއެއް ހޯދުމަށް އެންމެހާ ފަރާތްތަކުގެ ދީލަތި އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
އެހީ ދެއްވުމަށް:
ބީއެމްއެލް އެކައުންޓު ނަމްބަރު: 7725467163001 (ހަދީޖާ ސުލައިމާން)
ގުޅޭނެ ނަމްބަރު: 7900556
One Response
???????????????? Allah ge vaagifulhaaeku saalim ah avas shifaaeh dhevvaashi. Eheetheri vedheven oiy faraathakun eheethrikan foarukohdhevvun edhen.