13 މީހުންނާއިއެކު ކަންނެލި މަސްވެރިކަމަށް ނިކުމެއުޅުނު ދޯންޏެއްގެ ޚަބަރެއްނުވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އެ ދޯނީގެ ޚަބަރެއްވޭތޯ މަސައްކަތްކުރަމުން ކަމަށް އެމްއެންޑީއެފުން ހާމަކޮށްފި އެވެ.
އެމްއެންޑީއެފުން ބުނީ އދ.ހަންޏާމީދޫގައި ދުއްވާ “ އަޖުމަ “ ނަމަކަށް ކިޔާ މި ދޯނި މަސްވެރިކަމަށް ނިކުމެފައިވަނީ މިމަހު 12 ވަނަ ދުވަހު ރ.ރަސްގެތީމުން ކަމަށާއި މިދޯންޏަކީ ދިގުމިނުގައި 78 ފޫޓުހުރި ބޭރުގައި ގަދަ ނޫކުލައިގެ ދަވާދު ލާފައިވާ އަދި ރަތް ގެގަނޑެއް ލާފައިވާ ދޯންޏެއްކަމަށް ދޯނީގެ ވެރިފަރާތުން އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ މަޢުލޫމާތުދީފއި ކަމަށެވެ.
މިއުޅަނދާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ ލަސްނުކުރައްވާ ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 އަދި 3398898 ފޯނަށް ގުޅުއްވައި ދެއްވުމަށާއި ފެކްސް ކުރައްވާނަމަ 3391665 މިނަމްބަރު ފެކްސްކުރެއްވުން އެދޭ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.