މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް އިލްތިމާސް ކޮށްފި

މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ހުރިހާ ފަރާތްތަކަށްވެސް މެޓް އޮފީހުން އިލްތިމާސް ކޮށްފިއެވެ.

މެޓް އޮފީހުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައިވެސް ރާއްޖޭގެ ބައެއް ހިސާބުތަކަށް، ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.  އަދި ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށްވެސް މޫސުމާއިބެހޭ ޤައުމީ އިދާރާއިން ވަނީ ބުނެފައެވެ.

އެ އިދާރާއިން ބުނީ ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.

މިދުވަސްވަރަކީ އަޟްހާ ޢީދުގެ ބަންދު ދުވަސްތައް ނިންމުމަށް ފަހު، ރާއްޖޭގެ އެކި ރަށްރަށަށް ދިޔަ މީހުން ދަތުރުތައް ނިންމުމަށް ފަހު މާލެ އާއި އެހެނިހެން ރަށްރަށަށް ދަތުރު ކުރަމުން އަންނަ ދުވަސްވަރެކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *