ގެމަނަފުށީގައި ނޫސްވެރިއަކަށް ހަމަލާދީދި

ގއ. ގެމަނަފުށީގައި މިދިޔަ ބުރާސްފަތި ދުވަހު ހިނގި ހަމަނުޖެހުމެއްގައި ނޫސްވެރިއަކަށް ގުރޫޕަކުން ހަމަލާދީފިއެވެ. ’ދުވަސް‘ އަށް މަންޒަރުދުން މީހަކު ކިޔައިދިންގޮތުގައި އެ ނޫސްވެރިޔާ އަށް ހަމަލާދީފައިވަނީ ގްރޫޕެއްގައި ބަޔަކު އައިސް ދެ މީހުންނެވެ.

މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނީ އެ މައްސަލަ ފުލުހުންނަށް ހުށަހެޅިފައިވާކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ ނޫސްވެރިޔާ އަކީ ޗެނެލްތޭރާގައި މަސައްކަތްކުރާ ނޫސްވެރިއަކަށެވެ. މާރާމާރީ ހިނގާފައި ވަނީ ގެމަނަފުށީގައި ކުރިއަށް ދިޔަ އެކްސް އެކްސް އެލް ޖީއެސްސީ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލް މެޗަށް ތައްޔާރުވުމަށް މުބާރާތް އިންތިޒާމްކުރާފަރާތާއި އެކު އެ ނޫސްވެރިޔާ ހަރަކާތްތެރިވަމުން ދަނިކޮށެވެ. އަދި ހަމަނުޖެހުން ހިނގިތަނުގައި ގިނަ ބަޔަކު ތިބި ކަމަށް ދުވަސް އަށް މައުލޫމާތުދިން މީހާ ބުންޏެވެ.

ޗުއްޓީގައި ހުރި ނަމަވެސް އެ ނޫސްވެރިޔާ މައިގަނޑު ގޮތެއްގައި ކުރަމުން ދިޔައީ ގެމަނަފުށީގައި ކުރިއަށްދިޔަ ޢީދު ކުޅިވަރުތައް ޗެނަލް 13 އަށް ކަވަރު ކުރުމެވެ. މީގެ އިތުރުން މި ފުޓްބޯޅަ މުބާރާތުގެ ހަބަރުތައް ޗެނަލް 13 އިން ގެނެސްދިނުމުގައިވެސް މި ނޫސްވެރިޔާ މަސައްކަތްކޮށްފައި ވެ އެވެ.

ގެމަނަފުށީގެ މީހަކު ބުނީ އެ ނޫސްވެރިއަށް ހަމަލާދީފައި ވަނީ މޯލްޑިވްސް ކަރެޝަންސް ސާވިސް ގައި މަސައްކަތްކުރާ މީހަކާއި ފިއުލްސަޕްލައިސް މޯލްޑިވްސްގައި ވަޒީފާ އަދާކުރާ މީހަކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *