ރާއްޖެއައި ފުރަތަމަ ފްލައިޓްގެ ބައެއް ހައްޖުވެރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ރާއްޖެއައި ފުރަތަމަ ފްލައިޓްގެ ބައެއް ހައްޖުވެރިން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް ރާއްޖޭގައި ޖައްސައިފި

މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ހައްޖަށްދިޔަ 2000 ހައްޖުވެރިންގެ ތެރެއިން ރާއްޖެއުމަށް ފުރި ހައްޖުވެރިންގެ ފުރަތަމަ ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސައިފި އެވެ. މި ފްލައިޓް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓްގައި ޖައްސާފައިވަނީ ހެނދުނު 9:25 ހާއިރުގަ އެވެ.

އެ ފްލައިޓުން ރާއްޖެ އައިސްފައިވަނީ ހައްޖުކޯޕަރޭޝަންގެ ހަވާލުގައި ދިޔަ 1000 ހައްޖުވެރިންގެ ތެރެއިން 252 ހައްޖުވެރިންނެވެ. ރާއްޖެއައި ފުރަތަމަ ފްލައިޓް ފުރާފައިވަނީ ސައުދީ ގަޑިން ރޭ 1:40 ހާއިރު (ރާއްޖޭގަޑިން 3:45 ހާއިރު)ގަ އެވެ.

ހައްޖުވެރިން ރާއްޖެއަންނަން ފަށާފައިވާއިރު ހައްޖުކޯޕަރޭޝަނުން ހާމަކުރާގޮތުގައި ދެވަނަ ގްރޫޕު ރާއްޖެއަށް ފުރާނީ މި މަހުގެ 19 ވަނަ ދުވަހު އެވެ. އަދި 20 ވަނަ ދުވަހާއި 23 ވަނަ ދުވަހު އަދި 24 ވަނަ ދުވަހު ދިވެހި ހައްޖުވެރިންގެ ގްރޫޕްތައް ރާއްޖެ އަންނާނެ ކަމަށް އެ ކޯޕަރޭޝަނުން ހާމަކުރެ އެވެ.

މި އަހަރު ރާއްޖެއިން 2000 ހައްޖުވެރިން ގޮސްފައިވާއިރު އޭގެ ތެރެއިން 1000 ހައްޖުވެރިން ގޮސްފައިވަނީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގަ އެވެ. އަނެއް 1000 މީހުން ގޮސްފައިވަނީ ފަސް ގްރޫޕެއްގެ ހަވާލުގަ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *