މި ދެކުދިން އެތައް ހައްޖުވެރިއެއްގެ ހިތް އަތުލައިފި، އެއްކުރި ވަކިލާރި ހޭދަކުރީ ހައްޖުވެރިންނަށް ފެން ބެހުމަށް !

މިއީ މި އަހަރު ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދިޔަ އިރު އެތައް ހައްޖުވެރިންގެ ހިތްތައް އަތުލު ކުޑަ ދެކުދިންގެ ވާހަކަ އެވެ.

ދެބެން ކަމުގައިވާ މާޒިން އަދި ބާސިމް އަލް ޒަހްރާނީ އަކީ ސައުދީ އަރަބިއާގެ އަލް ބަހާ އަވަށަށް ނިސްބަތްވާ ދެ ކުދިންނެވެ. އެ ދެ ކުދިން ހައްޖަށް ދިޔައީ އެ ދެކުދިންގެ މަންމައާއި އެކުގަ އެވެ.

ހައްޖުގެ އަޅުކަމުގައި ދެކުދިންގެ ބެލެނިވެރިންނާއެކު ވަގުތު ހޭދަކުރުމަށްފަހު ލިބޭ ހުސްވަގުތުތަކުގައި އެ ދެކުދިން ކުރާ ކަމަކީ ހައްޖުވެރިންނަށް ފެނާއި ސައި ބެހުމެވެ. އެ ދެ ކުދިން ހައްޖުވެރިންނަށް ފެނާއި ސައި ބެހުމަށް ހިޔާރު ކުރީ މައްކާގެ އަޒީޒިއްޔާ އަވަށުގެ މައި މަގެވެ. އެ މަގަކީ މިނާ އާ ގާތް މަގެއް ކަމުން ގިނަ އަދަދެއްގެ ހައްޖުވެރިން އެ މަގުން ދަތުރު ކުރެ އެވެ.

އެ ދެކުދިން ބުނެފައިވާގޮތުގައި ހައްޖުވެރިންނަށް ފެނާއި ސައި ބެހުމުގައި ވަގުތު ހޭދަކުރަނީ ސަވާބު ގިނަ ކުރުމަށެވެ. އަދި އަބަދުވެސް ހިލޭ ސާބަހަށް ”ދަރުމަވެރި“ މަސައްކަތް ކުރުމަށް މަންމަ ބާރު އަޅާކަމަށް އެ ދެކުދިން ބުނެފައި ވެ އެވެ. އެ ދެކުދިން ސަޔާއި ކާނާ އަދި ފެންބެހުމަށް އެތަކެތި ގަތީ އެ ދެކުދިން އެއްކޮށްފައިވާ ވަކިލާރިއަށް ކަމަށްވެސް އެ ދެކުދިން ބުނެފައި ވެ އެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން ކުރިއަށްދިޔަ ހައްޖުވެރިންނަށް އެހީތެރިކަން ފޯރުކޮށްދީ ފެންބެހުމުގައި ހަރަކާތްތެރިވެފައިވަނީ މާޒިން އަދި ބާސިމް އެކަންޏެއް ނޫނެވެ. މި އަހަރު ހައްޖުގެ އަޅުކަން ކުރިއަށްދިޔަ އިރު ހައްޖުވެރިންނަށް ފެން ބެހުމުގައި ކުޑަކުދިން ހަރަކާތްތެރިވާ މަންޒަރު ފެނުނުލެއް އެހެން އަހަރުތަކާ އަޅާބަލާއިރު ގިނަ ކަން ފާހަގަކުރެވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *