ޓީ ޖެޓީ ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ ދޯންޏަކުން ބަންގްލަދޭޝްގެ މީހަކު ވެއްޓި މިރޭ ވަނީ މަރުވެފައި --ފޮޓޯ: ސަން
ޓީ ޖެޓީ ސަރަހައްދުގައި މުދާ ބަރުކުރަމުން ދިޔަ ދޯންޏަކުން ބަންގްލަދޭޝްގެ މީހަކު ވެއްޓި މިރޭ ވަނީ މަރުވެފައި --ފޮޓޯ: ސަން

ޓީޖެޓީ ސަރަހައްދުން މޫދަށް ވެއްޓި މީހަކު މަރުވެއްޖެ

ޓީޖެޓީ ސަރަހައްދުގައި އޮތް ދޮށި-2 ދޯނީގައި ހުރި ބިދޭސީއަކު މޫދަށް ވެއްޓި މަރުވެއްޖެ އެވެ.

ފުލުހުން ބުނީ އެހާދިސާ ހިނގައިގެން އުޅޭ ކަމުގެ ރިޕޯޓު ލިބުނީ މިރޭ 08:55 ހާއިރު ކަމަށާއި އޭނާ ނަގައިގެން ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް މަރުވެފައިވާ ކަމަށެވެ. އޭނާ ވެއްޓުނީ ދޯންޏަށް މުދާ ބަރުކުރުމަށްފަހު އޭގެ މަތީގައި ސަތަރިގަނޑެއް އަޅަން އުޅެނިކޮށެވެ.

ފުލުހުން ބުނީ އެ ދޯނީގައި ތިބި މީހުންނާއި ސުވާލު ކުރަން ފަށާފައިވާ ކަމަށެވެ.

އެއީ ބަންގްލަދެޝްގެ ރައްޔިތެކެވެ. އެ ދޯންޏަކީ ބަސީނާ ހާޑްވެއާގެ ދޯންޏެކެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *