ވީޑިއޯއާ ގުޅިގެން އެއްވެސް ފަރާތަކުން ކަންބޮޑު ނުވުމަށް އިލްތިމާސްކުރަން: ޕޮލިސް

ޝޯއެއް ދިނުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯންޕޯލް ރާއްޖެ އަތުވެއްޖެ ނަމަ މަރާލާނެ ކަމުގެ އިންޒާރު ދޭ ވީޑިއޯއެއް ބަޔަކު އާންމުކޮށްފައިވާއިރު އެ ވީޑިއޯމެދެ އެއްވެސް ފަރާތަކުން ކަންބޮޑު ނުވުމަށް އިލްތިމާޝް ކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޒާރުދީ އާންމުކޮށްފައިވާ ވީޑިއޯ މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަޅަންޖެހޭ ސެކިއުރިޓީ ފިޔަވަޅުތައްވެސް އަޅަމުން އަންނަ ކަމަށާއި މިކަމާ ގުޅިގެން އެއްވެސް ފަރާތަކުން ކަންބޮޑު ނުވުމަށް ފުލުހުން އިލްތިމާސްކުރާކަމަށް އޮފިޝަލް ވިދާޅުވި އެވެ.

މި ވީޑިއޯ މައްސަލަ ހޫނުވެފައިވާއިރު ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ވީޑިއޯ އާންމު ކުރި ފަރާތްތަކަށް ރައްދު ދެއްވާފައެވެ. މިނިސްޓަރު ވިދާޅުވެފައިވަނީ އިންޒާރު ދިން ނަމަވެސް ޝޯންޕޯލް ރާއްޖެ ގެންނާނެ ކަމަށެވެ.

ބިލާދު އަލްޝާމްގެ ނަމުގައި ރޭ ބަޔަކު އާންމުކުރި ވީޑިއޯގައި ދައްކުވައިދޭ މެސެޖްތަކުގައި ބުނެފައިވަނީ “މިހިނގާ މީލާދީ 2014 ވަނަ އަހަރު ނިމި 2015 ވަނަ އާއަހަރުގެ މުނާސަބަތުގައި ރާއްޖެއިން ބޭރުގައުމަކުން އަންނަ ޝޯންޕޯލް (Sean Paul) އަކީ ބޮޑުވެގެންވާ ކާފިރެއް” ކަމަށެވެ. އަދި “މިފަދަ މީހުން ރާއްޖެ އައިސް މިތަން ފަސާދަ ކުރުމަށް ދެނެއް ޖާގައެއް ނުދޭނަން” ކަމަށާއި “މި ލޮބުވެތި ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، މިކަހަލަ ފާހިޝް އަމަލުތައް ކުރާ ބޮޑެތި ޖައްބާރު ކާފިރުން މި ދިވެހި ފަސްގަނޑަށް މިފަދަ އަމަލެއް ހިންގަން އައުމަށް ރާއްޖޭގެ ސަރުކާރަށްވެސް ޖާގައެއް ނުދޭނަން” ކަމަށެވެ.

އަދި “ﷲގެ މަގުގައި ޖިހާދު ކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެއް” ކަމަށާއި “ޝޯންޕޯލް ފަދަ ކާފިރުން، އެހެނީ ސައިތާނާގެ ތެރެއިންވެސް އެންމެ ޖާހިލު މީހުންނަށް ހައްގުވަނީ މަރު” ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން “ސަލާމަތީ ބާރުތަކަކީ އެންމެ މަތިވެރި އިލާހުގެ ހަޒްރަތުގައި އެއްވެސް ބައެއް ނޫން” ކަމަށާއި “އަހަރެމެން ނަސްރު ހޯދާނީ ﷲގެ ހަޒްރަތުން” ކަމަށް އަދި “ޝޯން ޕޯލްގެ ހިމާޔަތަށް މަސައްތަކް ކުރާނީ މުނާފިގުން” ކަމަށާއި “ރާއްޖެ އައިސްފިނަމަ ދެން ފެނިގެންދާނީ (ޝޯންޕޯލް)ގެ ފުރާނަ ނެތް ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު” ކަމަށްވެސް އެ ވީޑިއޯގައި

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *