ފުވައްމުލަކު ފަރަށް އެރި ބޯޓު -- ފޮޓޯ: އެމްއެންޑީއެފް
ފުވައްމުލަކު ފަރަށް އެރި ބޯޓު -- ފޮޓޯ: އެމްއެންޑީއެފް

ފުވައްމުލަކު ފަރަށް އެރި އާގު ބޯޓު ފުންކޮށްފި

ފުވައްމުލަކު ދެކުނު ފަރާތު ފަރަށް އެރިތާ އެއްމަސް ފަހުން ވިއެޓްނާމްގެ އާގު ބޯޓު ފުންކޮށްފި އެވެ.

މިދިޔަ މަހުގެ 13 ގައި ފަރަށް އެރި ބޯޓު ފުންކުރީ ބޯޓުގައި ހުރި 5700 ޓަނުގެ ހިލަ އާއި ހިލަވެލީގެ ތެރެއިން 5000 އެއްހާ ޓަނުގެ އެއްޗެހި މޫދަށް އުކާލައި، ބޯޓު ލުއިކުރުމަށް ފަހު ދެ ޓަގު ބޭނުންކޮށްގެންނެވެ. މި މަސައްކަތުގައި އެމްއެންޑީއެފުން ބައިވެރިވެފައިވާއިރު ބޯޓު ފުންކުރުމުގެ މަސައްކަތް ހަވާލުކޮށްފައި އޮތީ ސިންގަޕޫރުގެ ކުންފުންޏަކާއި އެވެ.

ބޯޓުގައި ހުރި ހިލަޔާއި ހިލަވެލި  މޫދަށް އުކާލުމަށް އެންވާރްމަންޓަލް ޕްރޮޓެކްޝަން އެޖެންސީން އެންގީ އެ ސަރަހައްދުގެ ފަރަށް ލިބިދާނެ ބޮޑެތި ގެއްލުމަށް ބަލައި އިތުރު ގޮތެއް ނެތިކަމަށް ވަނީ ބުނެފައި އެވެ.

ބޯޓު ފުން ނުކުރެވި ގިނަ ދުވަސްތަކެއް އެތާނގައި އޮންނަން ޖެހުމުން ބޯޓުން ތެޔޮ ލީކުވިކަމަށް ފުވައްމުލަކު ކައުންސިލުން ބުނެފައިވެ އެވެ. އީޕީއޭއިން ބުނެފައިވަނީ ފަރަށް ލިބފައިވާ ގެއްލުންތައް ބަލައި ދިރާސާ ކުރާނެ ކަމަށެވެ.

”އެމްވީ އެންޖީއޯސީ ސަން“ ނަމަކަށް ކިޔާ އެބޯޓު  އެރަށަށް ދިޔައީ ފެނާއި ނަރުދަމާ އަޅާން ބޭނުންވާނެ ސާމާނު ހިފައިގެންނެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *