ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ

ހދ ކުޅުދުއްފުށީ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މަރުވެފައި އޮއްވާ ފެނުނީ އާދަމް ގާސިމް ކިޔާ 30 އަހަރުގެ ޒުވާނެކެވެ. އޭނާ ފެނިފައިވަނީ އޭނާ ދިރިއުޅޭ ގެ، ކުޅުދުއްފުށީ ބަނޑިދޫގެ ތެރެއިން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އޭނާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

ފުލުހުން ބުނީ ކުޅުދުއްފުށީގައި 30 އަހަރުގެ ފިރިހެނަކު މަރުވި މައްސަލަ ފުލުހުންނަށް ހުށަހެޅުނީ މިއަދު ހެނދުނު 11:36 ހާއިރު ކަމަށެވެ.

”ކުޅުދުއްފުށީގައި ހަރަކާތް ނެތި އޮތް މީހަކު އޮތް ކަމަށް ހުށަހެޅުމުން ފުލުހުންގެ ބެލުމުގެ ދަށުން ހަށިގަނޑު ހޮސްޕިޓަލަށް ގެންދެވުނު“ ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ ހޮސްޕިޓަލަށް ގެންދިޔައިރު އެމީހާ ނިޔާވެފައިވާކަމަށް ޑޮކްޓަރު ވަނީ މައުލޫމާތު ދީފައި ކަމަށެވެ. އަދި މަރުވި މީހާގެ ބޭރުފުޅުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށް ޑޮކްޓަރު ބުނެފައިވާކަމަށްވެސް ފުލުހުން ބުނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *