ފޮޓޯ: ޕޮލިސް
ފޮޓޯ: ޕޮލިސް

މަސްތުވާ ތަކެއްޗާއިއެކު މާލެއިން މީހަކު ހައްޔަރު ކޮށްފި

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓާއެކު މީހަކު މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 38 އަހަރުގެ ފިރިހެނެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މާލެތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ މާފަންނު ޕޮލިސް ސްޓޭޝަނުގެ ފުލުހުންނަށް އޭނާގެ ޢަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން، ސެޕްޓެމްބަރު މަހުގެ 12 ވަނަ ދުވަހުގެރޭ 19:30 ހާއިރު އިސްކަންދަރު މަގު އަހިމާ ގަރާޖު ކައިރިންނެވެ.

މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓްގެ ތެރެއިން އެއް ޕެކެޓް ފެނިފައިވަނީ އަހިމާ ގަރާޖު ކައިރިން އޭނާ ހުއްޓުވިވަގުތު އޭނާގެ ވައަތުގައި އޮތް ޕެކެއްޓެއް ވައްޓާލި ވަގުތުއެވެ. އިތުރަށް އޭނާ ބަލައިފާސްކުރަން އުޅުމުން އިތުރު ޕެކެޓެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއި ގުޅިގެން އެޕެކެޓް ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފަސް ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *