ބޮލީވުޑްގެ އެންމެ ރޮމޭންޓިކް ދެމަފިރިން ކަމަށްވާ ކަރީނާ ކަޕޫރާއި ސައިފް އަލީ ހާން އަށްލިބެން އުޅޭ އަލަތު ދަރިފުޅާއި އެކު އާ ގެއަކަށް ބަދަލުވާން ކުރަން ޖެހޭ މަސައްކަތުގައި ކަރީނާ އަވަދި ނެތި އުޅެން ފަށައިފި އެވެ.
އިންޑިއާގެ ބޮލީވުޑް ހަބަރުތައް ގެނެސްދޭ އޮންލައިން ނޫސްތަކުގައި ބުނެފައިވަނީ ވިހާ ދުވަސް ކައިރިވާތީ ކުޅެން އެއްބަސްވެފައިވާ ފިމްލުތަކާއި އިޝްތިހާރުތައް ނިންމުމުގެ މަސައްކަތް ކަރީނާ ކުރަމުންދާ ކަމަށެވެ. އަދި ހަމަ އެ މަސައްކަތަކާއި އެއްވަރަށް އެ ދެމެފިރިންގެ އާ ގެއަށް ބަދަލުވުމަށް ވާންޖެހޭ ތައްޔާރީތަކުގައި ކަރީނާ އަވަދިނެތި އުޅެމުންދާ ކަމަށް ހަބަރުތައް ބުނެ އެވެ.
ކަރީނާ އާއި ސައިފް ވަނީ މީގެ ތިން އަހަރު ކުރިން މުމްބާއީގެ ބާންދްރާ އިން އާ ގެއެއް ގަނެފައި އެވެ. އެއީ މިހާރު އެ މީހުން ދިރިއުޅެމުން އަންނަ ގެއިން 10 ވަރަކަށް މިނެޓުން ހިނގާލާފައި ދެވޭހާ ކައިރީގައި ހުރި ގެ އެކެވެ. އެ ގެ ގަތް ނަމަވެސް ވޭތުވެދިޔަ ތިން އަހަރު އެ ގެ ހުރީ ހުސްކޮށެވެ.
އާ ގެއަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގައި ކަރީނާގެ އިންޓީރިއާ ޑިޒައިނަރު ބުރަކޮށް އުޅޭއިރު ކަރީނާ މިހާރު އާ ގެއަށް ގޮސް އޭނާ އާއި ބައްދަލުކޮށް މަސައްކަތް ކުރިޔަށްދާގޮތް މަހަކު ތިން ފަހަރު ބަލައެވެ. މީގެ ކުރިން އެ ދެމީހުން ބައްދަލު ނުކުރެވި އާ ގޭގެ މަސައްކަތް ކުރިޔަށްދާގޮތް ނުބެލެނީ ކަރީނާ ބިޒީ ކަމުން ކަމަށް ވެއެވެ.
ކަރީނާގެ ގާތް މީހަކު މީޑިއާގައި ބުނެފައިވަނީ އާ ގެއަށް ބަދަލު ވާނީ ޑިސެމްބަރުގައި ދަރިފުޅު ލިބުމުން އަންނަ އަހަރުގެ ކުރީ ކޮޅުގައި ކަމަށެވެ. އަދި އެ ގެ ކަރީނާ ޑިޒައިން ކުރަނީ މަތީ ފެންވަރުގެ ޒަމާނީ ގޮތަކަށް ކަމަށް އޭނާ ބުންޏެވެ.
ސައިފް އަކީ ފޮތް ކިޔާ އުޅޭ މީހަކަށް ވާތި އެ ގެގޭގައި ފޮތް ކިޔޭ ގޮތަށް ވަކި ތަނެއް ހަދަ އެވެ. އަދި ހަތަރު ބުރީގެ އެ ގޭގައި ބަގީޗާ އަކާއި ޓެރަސްވެސް އޮންނާނެ ކަމަށް ވެ އެވެ.