ޖިހާދު ފިހިފަި - އޭނާގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ ފިހިފައި -- ފޮޓޯ: އައްޑޫ ލައިވް
ޖިހާދު ފިހިފަި - އޭނާގެ ހަށިގަނޑުގެ 50 އިންސައްތަ ވަނީ ފިހިފައި -- ފޮޓޯ: އައްޑޫ ލައިވް

މާލި ހެދެން އުޅެނިކޮށް ކުއްޖެއްގެ ގައިގަ ރޯވެ ފިހިއްޖެ

އައްޑޫ ސިޓީ ހުޅުމީދުގައި އީދު ކުޅިވަރު ކުޅެން ވެގެން މާލި ހެދެން އުޅުނު ކުއްޖެއްގައި ގޯވެ ވަރަށް ބޮޑަށް ފިހިއްޖެ އެވެ.

މި ހާދިސާގަިއ ފިހިފައިވަނީ މީދޫ  ޗަމަން ހަސަން ޖިހާދު، 15 އެވެ. ހާދިސާ ހިނގީ ގާތްގަނޑަކަށް ހަވީރު 04:00 އެހާއިރު އެވެ.

މިހާދިސާގައި ޖިހާދުގެ 50 އިންސައްތަ ފިހިފައިވާ ކަމަށް ހުޅުމީދޫ ސިއްހީ މަރުކަޒުން މަައުލޫމާތު ދެ އެވެ. އަދި އތުރު ފަރުވާއަށް މިހާރު އޭނާ ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ވަނީ ގެންގޮސްފައި އެވެ.

މައުލޫމާތު ލިބޭގޮތުގައި އޭނާގެ ހާލު އެހާ ސީރިއަސް އެއް ނޫނެވެ. މީދޫ މީހަކު ބުނީ އެހާދިސާ ހިނގާފައި ވަނީ ކަފަ އާއި ފޮތި އޮޅައިގެން މާލި ހެދެން އުޅެނިކޮށް އެހެން ކުއްޖަކު ޖިހާދު ގައިގަ އޮޅާފައިވާ ފޮތިކޮޅެއްގައި ލައިޓަރުން ރޯކުރުމުން ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *