އުފާވެރި އަޟްހާ ޢީދު ކުޅިވަރުތައް ބައެއް ރަށުގައި ފެށިގެން ކުރިއަށްދާއިރު އަދި ބައެއް ރަށްރަށުގައި ފަށަން ތައްޔާރުވަމުން އަންނަ އިރު ކ ހުރާގައިވެސް ޢީދުގައި އެކި އެކި ހަރަކާތްތައް ހިންގުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
އެގޮތުން އެ ރަށުގައި މި ޢީދުގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިންގަން ނިންމާފައިވާއިރު ޢީދު ކުޅިވަރުތަށް ފެށިގެންދާނީ މިރޭ ޢީދު ހުޅު ރޯކުރުމުން ކަމަށް އެ ރަށު ކައުންސިލުން ހާމަކުރެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލް މެމްބަރު މުހައްމަދު ޝައިހާން ވިދާޅުވީ ”އެންމެން އެކީ ޢީދު ފޯރި“ މި ނަމުގައި ކުރިއަށް ގެންދެވޭ ޢީދު ހަރަކާތްތަކުގެ ތެރޭގައި ތަފާތު ގިނަ ހަރަކާތްތަކެއް ހިމެނޭ ކަމަށެވެ.
”މިރޭ ޢީދު ހުޅު ރޯކުރާނެ، މާދަމާ މެންދުރު ބޮޑު ޖާފަތެއް އޮންނާނެ، މާދަމާރޭ ބޮޑުމަސް ކުޅޭނެ، ދެވަނަ ދުވަހުގެ ރޭ ޝަގާފީ ކުޅިވަރުތައް ކުރިއަށްދާނެ، އަދި ތިން ވަނަ ދުވަހުގެ ރޭ ރަށު ރައްޔިތުންގެ ހާއްސަ ޢީދު ޝޯ އެއް ކުރިއަށްދާނެ“ ކައުންސިލް މެމްބަރު ވިދާޅުވި އެވެ.
ކައުންސިލް މެމްބަރު ޝައިހާން އިތުރަށް ވިދާޅުވީ ޢީދުގައި ކުރިއަށްގެންދާނެ އިތުރު ހަރަކާތްތައް އަދިވެސް ރާވަމުން އަންނަ ކަމަށެވެ.