ޤައުމު ހައްލު ކުރުމުގެ ނިޔަތުގައިވެސް، އިދިކޮޅު ފަރާތްތަކާއި ރައީސް މައުމޫނު ނުގުޅޭނެ- އުމަރު

ޤައުމު ޙައްލު ކުރުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކާއި ކުރީގެ ރައީސް، އަލްއުސްތާޛް މަޢުމޫނު ޢަބްދުލް ޤައްޔޫމް، ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމުގެ ވާހަކަތަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގު ކުރައްވާފިއެވެ.

އުމަރު ވިދާޅުވީ އެފަދަ ކަމެއް ކުރީގެ ރައީސް މައުމޫނު ކުރައްވާފާނެ ކަމަކަށް އޭނާ ޤަބޫލު ނުކުރައްވާ ކަމަށެވެ.

އޮންލައިން ނޫހެއް ކަމަށްވާ އައްޑޫއޮންލައިނަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ހޯމް މިނިސްޓަރ ވިދާޅުވީ ރައީސް މައުމޫނަކީ  މިގައުމު ހަމަމަގަށް އަޅުއްވަން އަބަދުވެސް މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނުގެ ތަޖުރިބާއަކީ ކަންކަން ހައްލުކުރުމަށް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އެހެންކަމުން ގައުމު ހައްލު ކުރުމުގެ ނިޔަތުގައި އިދިކޮޅު ފަރާތްތަކާ އެމަނިކުފާނު ގުޅިޑައިގެންނެވުމަކީ ވަރަށްދުރުކަމެއް ކަމަށް އުމަރު ނަސީރުވަނީ ވިދާޅުވެފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *