ދިވެހި ހައްޖާޖީން އަރަފާތުގައި -- ފޮޓޯ: ހައްޖު ކޯޕަޜޭޝަން
ދިވެހި ހައްޖާޖީން އަރަފާތުގައި -- ފޮޓޯ: ހައްޖު ކޯޕަޜޭޝަން

ދިވެހި ހުރިހާ ހައްޖާޖީން އަރަފާތުގައި

ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށް ރާއްޖެއިން ސައުދީއަރަބިއްޔާއަށް ގޮސްތިބި ހުރިހާ ހައްޖާޖީން ތިބީ އަރަފާތު ބިމުގައި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ހައްޖަށް ދިޔަ 2000 މީހުންނަށް ރައްކާތެރިކަމާއި އެކު އަރަފާތަށް ދެވިފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ދެ އެވެ.

މިނިސްޓްރީން ބުނީ މިހާރު ރާއްޖޭގެ ހައްޖު މިޝަން އަރަފާތުގައި ދިވެހިންގެ ކަންކަން ބެލުމުގައި ހަރަކާތްތެރިވަމުން ދާ ކަމަށެވެ. ދިވެހި ހައްޖު މިޝަންގައި ތިއްބަވަނީ ކޮންމެ ޖަމާއަތަކުން ބޭފުޅަކާއި އިސްލާމިކް މިނިސްޓްރީގެ ތިން އޮފިޝަލުންނެވެ.

އަރަފާތުގައި ރާއްޖޭގެ ހުރިހާ ހައްޖާޖީން ތިބޭނީ އެއް ސަރަހައްދެއްގައި އެވެ. ހައްޖުވެރިންގެ ސަލާމަތަށްޓަކައި މިއަހަރު ސައުދީން ވަނީ ފިޔަވަޅުތަކެއް އަޅާފައި އެވެ. އެގޮތުން ކޮންމެ ހައްޖު ވެރިއެއްގެ އަތުގައި ވަނީ އެމީހެއްގެ މައުލޫމާތު ހިމެނޭ ޓެގެއް އަޅުވާފައި އެވެ. އެ ޓެގުގެ އެހީގައި ގެއްލުނަސް އެއީ ކާކުކަން އޮފިޝަލުންނަށް ދެނެގަނެވޭނެ އެވެ.

އިއްޔެ ހައްޖާޖީން ތިބީ މިނާގައި އެވެ. މިނާގައި ތިބުމަށް ފަހު އަރަފާތަށް ދާން ފުރަން ފެށީ ރޭ އިޝާ ނަމާދަށް ފަހު އެވެ.

ދުވަހުގެ ޓީމުގެ ފަރާތުން ހުރިހާ ހައްޖާޖީންނަށް މަބްރޫރް ހައްޖަކަށް އެދެެމެވެ.

 

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *