ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީންގެ ފުރަތަމަ ބަސް އަރަފާތަށް ދަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން
ހައްޖު ކޯޕަރޭޝަންގެ ހައްޖާޖީންގެ ފުރަތަމަ ބަސް އަރަފާތަށް ދަނީ -- ފޮޓޯ: ހައްޖު ކޯޕަރޭޝަން

ދިވެހި ހައްޖާޖީން އަރަފާތަށް ދާން ފަށައިފި

ރާއްޖެއިން މިއަހަރު ހައްޖަށް ދިޔަ ހައްޖާޖީން އަރަފާތު ބިމަށް ދާން ފަށައިފި އެވެ.

މިއަދު ހައްޖާޖީން ތިބީ މިނާގައި އެވެ. މިއަދު މިނާގައި ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ގޮސްތިބި މީހުން ތިބި ޓެންޓެއްގެ ކައިރީ ވަނީ އަލިފާނުގެ ހާދިސާއެއް ހިނގާފަ އެވެ.

އެ ކޯޕަރޭޝަނުން ބުނީ އެ ހާދިސާގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ނުވާ ކަމަށެވެ. މިނާގައި ރާއްޖޭގެ ހައްޖާޖީންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ދިޔަ މީހުން  ފިޔަވާ އެހެން ޖަމާއަތްތަކުން ތިބީ އެއް ސަރަހައްދެއްގައި އެވެ.

އަރަފާތަށް ދިއުމަށް ހައްޖާޖީން ފުރަން ފަށާފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު އެވެ. އަދި ހުރިހާ ހައްޖާޖީންނަށްވެސް ފަތިސް ނަމާދު ވަގުތު ޖެހުމުގެ ކުރިން އަރަފާތަށް ދެވޭނެ ކަމަށް ޖަމާއަތްތަކުން މައުލޫމާތު ދެ އެވެ.

ރާއްޖެއިން ހައްޖަށް ދިޔަ ހުރިހާ ހައްޖާޖީންގެ ހާލުވެސް ރަނގަޅު ކަމަށް މައުލޫމާތު ލިބެ އެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!