ލ.ކުނަހަންދޫގައި ކުރިއަށްދިޔަ ސެމީފައިނަލްގެ ތެރެއިން. ފޮޓޯ: ދުވަސް.އެމްވީ ސަމީމް
ލ.ކުނަހަންދޫގައި ކުރިއަށްދިޔަ ސެމީފައިނަލްގެ ތެރެއިން. ފޮޓޯ: ދުވަސް.އެމްވީ ސަމީމް

ލ.އަތޮޅު ފުޓުބޯޅަ މުބާރާތް: ފޮނަދޫ ޒުވާނުންގެ ގުޅުން އަދި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލަށް ދަތުރުކޮށްފި

ލ.އަތޮޅު ފުޓުބޯޅަ މުބާރާތުގެ ސެމީފައިނަލް މެޗުން މޮޅުވެ ފޮނަދު ޒުވާނުންގެ ގުޅުން އަދި މާބައިދޫ ޒުވާނުންގެ ޖަމިއްޔާ މުބާރާތުގެ ފައިނަލަަށް ދަތުރުކޮށްފިއެވެ.

ލ. ކުނަހަންދޫ އަދި މާބައިދޫގައި ސެމީފައިނަލްގެ ދެމެޗް އެއްވަގުތެއްގައި ކުޅެފައިވާއިރު ލ.ކުނަހަންދޫގައި ކުރިއަށްދިޔަ ސެމީފައިނަލްގައި ވާދަކޮށްފައިވަނީ ފޮނަދޫ ޒުވާނުންގެ ގުޅުން އަދި އިސްދޫ ޒުވާނުންގެ ޖަމިއްޔާއެވެ. މިމެޗް 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވަނީ ފޮނަދޫ ޒުވާނުންގެ ގުޅުމެވެ. މެޗުގެ ފުރަތަމަ ހާފްގައި ފޮނަދޫ ޒުވާނުންގެ ގުޅުމުގެ މުހައްމަދު ސިނާޒްގެ ގޯލުން އެޓީމު ލީޑުނެގިނަމަވެސް މެޗުގެ ދެވަނަ ހާފްގައި އިސްދޫ ޒުވާނުންގެ ޖަމިއްޔާގެ ފޯވަރޑް މުހައްމަދު ހަލީމްގެ ގޯލާއެކު އިސްދޫ ޒުވާނުންގެ ޖަމިއްޔާއިން ނަތީޖާ ހަމަހަމަ ކުރިއެވެ. ފޮނަދޫ ޒުވާނުންގެ ގުޅުމަށް ދެވަނަ ފަހަރަށް ލީޑުނަގައިދީ މުބާރާތުގެ ފައިނަލްގެ ޖާގަ ކަށަވަރުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް ހުސެން ހަމީދުގެ ގޯލުންނެވެ.

މުބާރާތުގެ ދެވަނަ ސެމީފައިނަލް މެޗުގައި ބައްދަލުކުރީ މާބައިދޫ ޒުވާނުންގެ ޖަމިއްޔާ އަދި މުކުރިމަކު ޒުވާނުންގެ ޖަމިއްޔާއެވެ. މިމެޗް 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ މާބައިދޫ ޒުވާނުންގެ ޖަމިއްޔާއެވެ. އަމިއްލަ ރަށުގައި ކުޅެމުންދިޔަ މާބައިދޫ ޒުވާނުންގެ ޖަމިއްޔާގެ ހަމައެކަނި ގޯލް ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދީފައިވަނީ ހުސެން ނަވާޒެވެ.

މުބާރާތުގެ ފައިނަލަށް ދަތުރުކުރި ދެޓީމުވެސްވަނީ ޒޯން މުބާރާތަށް ކޮލިފައިވެފައެވެ. ލ. އަތޮޅު މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މިމަހުގެ 4 ވަނަ ދުވަހުގައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *