ބަނގްލަދޭޝްގެ ފެކްޓަރީ އެއްގައި ރޯވެ ގާތްގަޑަކަށް 20 މީހުން މަރުވެއްޖެ

ބީބީސީ- ބަނގްލަދޭޝް ގެ ޕެކޭޖިންގް ފެކްޓަރީ އެއްގައި ރޯވެ، މިހާތަނަށް ގާތްގަނޑަކަށް 20 މީހުން މަރުވެއްޖެ އެވެ.

ވެރިރަށް ޑާކާ ގެ އުތުރުން އޮންނަ ޓޯންގީ ގައި ހުރި އިންޑަސްޓްރިއަލް ފެކްޓަރީ އެއްގައި މިއަދު ރޯވުމުގެ ސަބަބުން، ގާތްގަނޑަކަށް 70 މީހުންނަށް ވަނީ އެކި ކަހަލަ ޒަޚަމްތަށްވެފައެވެ.

ބަނގްލަދޭޝް ގެ ފުލުހުން ބުނި ގޮތުގައި،  މި އަލިފާނުގެ ހާދިސާ ހިނގި އިރު އެ އިމާރާތުގައި ގާތްގަނޑަކަށް 100 ވަރަކަހ މީހުން ތިއްބެވެ.

އޭގެ ތެރޭގައި މެޗިން އޮޕަރޭޓަރުންނާއި ގާޑުން ވެސް ހިމެނެ އެވެ.

އޮފިޝަލުން މަޢުލޫމާތު ދީފައިވާ ގޮތުގައި،  މި ހާދިސާ ހިނގަން މެދުވެރިވީ ބޮއިލަރ ރޫމުން އެއްޗެއް މާބޮޑަށް ހޫނުވެ ގޮވުމުގެ ސަބަބުންނެވެ. އަލިފާންގަނޑު ނިއްވުމަށް ފަޔަރ ފައިޓާރސުން މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

އަލިފާންގަނޑު ނިއްވުމުގެ މަސައްކަތުގައި މިހާރުވެސް 20 ފަޔަރ ޓްރަކު ބޭނުން ކުރަމުންދާ ކަމަށް ލޯކަލް ފަޔަރ އެންޑް ޑިފެންސް ގެ ޗީފް އަނީސް އަހްމަދު ވިދާޅުވިއެވެ.

”މިހާރުވެސް އަށް މީހަކުވަނީ ފެނި ހޮސްޕިޓަލަށް ގެންދެވިފައި. އަދި އިތުރު ދެމީހެއްގެ ހަށިގަނޑު ނެގުމުގެ މަސައްކަތުގައި މިއުޅެނީ. އިމާރާތުގެ އެތެރޭގައި އެއްވެސް މީހަކު ވޭތޯ ބަލާނަން އަލިފާންގަނޑު ނިވާލެވުނުހާ އަވަހަކަށް“ އަނީސް ވިދާޅުވިއެވެ.

_91101109_mediaitem91101108

ލޯކަލް ހޮސްޕިޓަލު ކައިރީގައި، ރައްޔިތުން ދަނީ އެއްވަމުންނެވެ.

ބަނގްލަދޭޝް ގެ ފެކްޓަރީ ތަކުގައި ގެންގުޅޭ މެޗިނަރީ ތަކަކީ އާއްމުކޮށް ވަރަށް ގިނަ ދުވަސް ތަކަކަށް ބޭނުން ކުރަމުން އަންނަ މެޗިނަރީ ތަކަކަށް ވާތީ، މިފަދަ ހާދިސާތަށް ވަރަށް ގިނައިން އެޤައުމުގައި ކުރިމަތިވަމުން ދެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *