މަގުމަތީގައި އުޅޭ ބުޅާތަކެއް --
މަގުމަތީގައި އުޅޭ ބުޅާތަކެއް --

ދީނީ ނަޒަރަކުން ޖަނަވާރަށް އޯގަތެރިވުން

ޖަނަވާރަށް އަނިޔާވެރިވުމަކީ އިސްލާމްދީނުގައި ފާފައެކެވެ. އެހެނީ މީހެއްގެ ހަވާލުގައި އޮންނަ ޖަނަވާރަކީ އޭނާއާއި ހަވާލުކުރެވިފައިވާ މާތް ﷲ ގެ އަމާނާތެކެވެ.އެއަމާނާތާއި މެދު ޤިޔާމާތް ދުވަހުން ސުވާލުކުރެވޭނެއެވެ.އެމީހަކު އެކަމާއިމެދު ޒިންމާވާންޖެހޭނެއެވެ.

އެހެނީ ޤިޔާމަތްދުވަހުން މާތްﷲ ގެ ޙަސުރަތުގައި އެޖަނަވާރުތަކަށް  ޢިހްމާލުވެފައިވާ ފަރާތްތަކާއި މެދު   އެތަކެތި ހެކިބަސް ދަންނަވާނެއެވެ.ޖަނަވާރުގައި ހަންމުށިންތެޅުމާއި ޙާއްސަކޮށް އެތަކެތީގެ މޫނުގައި ތެޅުމަކީ ޢާލަމްތަކުގެ ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ ރުހިވަޑައިނުގަންނަވާ ކަންކަމެވެ. ރަސޫލާ ހަދީޘް ފުޅެއްގައި ވެއެވެ.“ މީހަކު ބޭނުމެއްނެތް ގޮތުގައި ދޫންޏެއް ޤަތުލުކޮށްފިނަމަ  އެދޫނި މާތްﷲ ގެ ޙަޝުރަތުގައި  އެކަމުގެ ޝަކުވާ ދަންނަވާނެތެވެ.އެދޫނި ދަންނަވާނެއެވެ.“ އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ! ހަމަކަށަވަރުން  އޭނާ ތިމަން ޤަތުލުކުރީ ބޭނުމެއް ނެތް ގޮތެއްގައެވެ. ތިމަން ޤަތުލުކުރީ  ފައިދާ އެއް ހޯދާކަށެއް ނޫނެވެ..“

އަދިވެސް އެކަލޭގެ ފާނުގެ ޙަދީޡް ފުޅެއްގައިވެއެވެ،.“ އަންހެނަކު  ބުޅަލެއް ބަނުމަށްފަހު އެބުޅަލަށް ކާންނުދީ އަމިއްލައަށް ބިމުން ހޮވައިގެންކާން ދޫކޮށް ނުލުމުގެ ސަބަބުން ނަރަކައަށް ވެއްދެވިއެވެ.“( ބުހާރީ ،މުސްލިމް )

ވުމާއި އެކު އަޅުގަނޑުމެން ޖަނަވާރުތަކަށް އޯގާތެރިވާންނާނެއެވެ.ކުރިއަށް މިއޮތީ އަލްޙާ އީދުކަމުން ގިނައަދަދެއްގެ ނައަމްސޫފި ކަތިލާއިރުވެސް ދީނުގައި އަންގަވާފައިވާ ގޮތަށް އެކަންކަންކުރަންވާނެއެވެ.  ސޫފިތައް ކަތިލާއިރުވެސް ވިހާވެސް ވޭނާއި ތަދުކުޑަވާގޮތަށް ކަތިލުމާއި  ސޫތްޕެއްގެ ކުރިމަތީގައި އަނެއް ސޫތްޕެއް ކަތިލުމަކީ ކީރިތި ރަސޫލާ މަނާކުރަށްވާފައިވާ ކަމެކެވެ. މިކަން ހެޔޮގޮތުގައި ކޮށްފިނަމަ ފާފަތައްފުއްސަވާކަންވެސް އިސްލާމްދީނުން އެގެން އެބައޮތެވެ.

 އިސްލާމްދީނުގައި ކުއްތާ އަކީ ވަރަށް ނަޖިސް ޖަނަވާރެކެވެ.ނަމަވެސް ކުއްތާއާއި މެދުވެސް އަނިޔާވެރިވުންވަނީ މަނާކުރެވިފައި އެވެ. އަބޫހުރައިރާ ރަލިއަށްﷲ  އަންހް  ގެ އަރިހުން ރިވާ ކުރަށް ވާފައިވާ  ހަދީތްފުޅެއްގައި އައިސް ފައިވާ ގޮތުގައި ކީރިތި ރަސޫލާ ސައްލައްﷲ އަލައިހިވަސައްލަމް އެކަލޭގެ ފާނުގެ ސަހާބީންނަށް ވަނީ ،

ފެންބޮވައިގަނެގެން ހާންތިވެފައިވާ ކުއްތާއަށް  ފެންދިނުމުގެ ސަބަބުން އެމީހެއްގެ ފާފާފަފުއްސެވިކަމުގެ ޙަބަރު ދެއްވާފައިއެވެ.

މިކަން މިހެން އިސްލާމްދީނުގައި އޮތްއިރު އަޅުގަނޑުމެންގެ މިކުޑަކުޑަ މުޖުތަމަޢުގެ ތެރެއިން ބައެއްމީހުން ހޮބީއެއްގެ ގޮތުންނަމަވެސް  އެކިވައްތަރު ތަކުގެ ދޫނި ސޫފާސޫފި ހިފާ ހައްޔަރުކޮށްކޮޓަކަށް ލައިގެން ބޭންދުމަށް ފަހު ކާންވެސް ނުދެވި އަޅާނުލެވޭ މަންޒަރު މަދުން ނަމަވެސް ފެނެއެވެ.

އަޅުގަނޑުގެ އިލްތިމާސް އަކީ ކީރިތިޤުރުއާނާއި ރަސޫލާގެ އިރުޝާދު ތަކުގައި ވެށި ރައްކާތެރިކޮށްދެމެހެއްޓުމަށް އަންގަވާފައިވާ އެންގެވުންތަކާއި މެދު ވިސްނާ ދިރޭތަކެއްޗަށް އޯގާތެރިވާ ބަޔަކު ދިރި އުޅޭ މުޖުތަމައުއަކަށް އަޅުގަނޑުމެންގެ މުޖުތަމަޢުވެގެން ދިއުމެވެ.

ލިއުނީ : އަބުދުއްރަޙްމާން ބުނު އަޙްމަދު

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *