ފޮނަދޫގައި 1435 ވަނަ އަހަރު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު - މި އަހަރުވެސް ޢީދު ނަމާދު ކުރަން ނިންމާފައިވަނީ ބޮޑު ޖަމާއަތުގައި -- ދުވަސްފޮޓޯ: ހުސެއިން ޝަމީމް
ފޮނަދޫގައި 1435 ވަނަ އަހަރު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު - މި އަހަރުވެސް ޢީދު ނަމާދު ކުރަން ނިންމާފައިވަނީ ބޮޑު ޖަމާއަތުގައި -- ދުވަސްފޮޓޯ: ހުސެއިން ޝަމީމް

ފޮނަދޫގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި، އިމާމުވެ ނަމާދު ކޮށްދެއްވާނީ ޑރ. ޝަހީމް

މި އަހަރުގެ އަޟްހާ ޢީދު ކުލަގަދަ ގޮތެއްގައި ލ ފޮނަދޫގައި ފާހަގަ ކުރުމަށް ދައުލަތުގެ މީޑިއާ، ޕީއެސްއެމްއިން އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު އެ ރަށުގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމައިފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާއިރު ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަށް ހަމަޖެހިފައިވަނީ އެ ރަށު ބަނދަރު ސަރަހައްދުގައި ކަމަށެވެ.

ފޮނަދޫގައި މިދިޔަ އަހަރު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު - މި އަހަރުވެސް ޢީދު ނަމާދު ކުރަން ނިންމާފައިވަނީ ބޮޑު ޖަމާއަތުގައި -- ދުވަސްފޮޓޯ: ހުސެއިން ޝަމީމް
ފޮނަދޫގައި މިދިޔަ އަހަރު ބޮޑު ޖަމާއަތުގައި ކުރި ޢީދު ނަމާދު – މި އަހަރުވެސް ޢީދު ނަމާދު ކުރަން ނިންމާފައިވަނީ ބޮޑު ޖަމާއަތުގައި — ދުވަސްފޮޓޯ: ހުސެއިން ޝަމީމް

”ޢީދު ނަމާދު ކުރުން އޮންނާނީ ރަށުގެ ބަނދަރު ސަރަހައްދުގައި، އިމާމުވެ ޢީދު ނަމާދު ކޮށްދެއްވާނީ އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލާ، ޑރ. މުހައްމަދު ޝަހީމް އަލީ ސަޢީދު“ ކައުންސިލް ރައީސް ވިދާޅުވި އެވެ.

ފޮނަދޫގައި ޢީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރަން ނިންމާފައިވާއިރު ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ ”ޢީދު އުފާ“ ކުރިއަށް ގެންދިއުމަށް ޕީއެސްއެމް އާއި ފޮނަދޫ ކައުންސިލުން އަންނަނީ އެންމެ ފަހުގެ ތައްޔާރީތައް ވަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *