މަސީގެ ފަރާތުން ޝަރަފުގެ އައްޑަނަ ރައީސް ޔާމީނަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް
މަސީގެ ފަރާތުން ޝަރަފުގެ އައްޑަނަ ރައީސް ޔާމީނަށް އަރުވަނީ -- ފޮޓޯ: ރައީސް އޮފީސް

މަސީގެ ފަރާތުން ރައީސް ޔާމީނަށް ޝަރަފުގެ އައްޑަނަ އަރުވައިފި

މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ޝަރަފުގެ އައްޑަނަ އަރުވައިފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ މި އައްޑަނަ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ، މިއަދު މެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ކަމަށާއި މަސީގެ ފަރާތުން ރައީސް ޔާމީނަށް މި އައްޑަނަ އެރުވީ ދިވެހިރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކުރެއްވުމަށް އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވުމުގެ ގޮތުން ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި މަސީގެ ރައީސް ޢަބްދުﷲ މުޙަންމަދު ދެއްކެވި ވާހަކަފުޅުގައި، ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވިކަމަށްޓަކައި މަސީގެ މެންބަރުންނަށް ޝުކުރު އަދާކުރެއްވިއެވެ. އަދި، ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެދާއިރާގެ ތަރައްޤީއަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *