ދިރާގު އީދުޝޯގައި ބައިވެރިވާ ބައެއް ފަންނާނުން -- ފޮޓޯ: ދިރާގު
ދިރާގު އީދުޝޯގައި ބައިވެރިވާ ބައެއް ފަންނާނުން -- ފޮޓޯ: ދިރާގު

ދިރާގު އީދު ޝޯ ހޯމަ ދުވަހުގެ ރޭ އެކުވެނި ޓްރެކް ދަނޑުގައި

ކޮންމެ އަހަރަކު ދިރާގުން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު އީދު ޝޯ އަންނަ ހޯމަ ދުވަހުގެ ރޭ އެކުވެނި ޓްރެކް ދަނޑުގައި ބާއްވަން ހަމަޖައްސައިފި އެވެ.

ދިރާގު އީދު ޝޯ އަކީ ދިރާގުގެ އިޖުތިމާއީ ޒިއްމާގެ ދަށުން ރާއްޖޭގެ ޒުވާން ފަންނާނުންގެ ހުނަރު ދައްކާލާލުމާއި ދިރާގުން ދޭ އީދު ހަދިޔާއެއްގެ ގޮތުގައި ބާއްވާ ޝޯއެކެވެ. މިއީ މި ޝޯ ބާއްވާ ހަވަނަ އީދެވެ.

މިފަހަރުގެ ޝޯގައި ފެނިގެންދާނީ އުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ފަންނާނުން ކަމަށް ދިރާގުން ބުނެ އެވެ. ދިރާގުން ވަނީ މި ޝޯގައި ބައިވެރިވާ ފަންނާނުންނާއި އެކު އެއްބަސްވުމަކަށް އައިސްފައި އެވެ.

މިފަހަރު ޝޯދޭ ފަންނާނުންނާއި ބޭންޑުތަކުކީ ހައިޝަމް ތައުފީގް އެންޑް ބޭންޑު، އިޝާން އެންޑް ބޭންޑު، ޒަލީފް އެންޑް ޓީމް ފިޓް،  ޑީޖޭ ފާރިހް (ޑީޖޭ އަލްފީ) އަދި ހަރުބީ ބޮޑުބެރު ގްރޫޕެވެ.[

ދިރާގު އީދު ޝޯއާއި ބެހޭގޮތުން އެ ކުންފުނީގެ ޕަބްލިކް ރިލޭޝަންސް މެނޭޖަަރ އިމްޖާދް ޖަލީލް ވިދާޅުވީ ދިރާގުގެ އަމާޒަކީ ރާއްޖޭގެ ޒުވާނުންގެ ހުނަރު ދައްކާލަން ބޮޑު ޕްލެޓްފޯމެއް ކޮންމެ އަހަރަކުވެސް ބިނާކޮށްދިނުން ކަމަށެވެ.

ދިރާގުން ބުނީ ކޮންމެ އަހަރެއްގެ އީދުގައިވެސް ޝޯ ބަލާލުމަށް ހަތް ހާހަށްވުރެ ގިނަ ޒުވާނުން ދާކަމަށެވެ.

މި ޝޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 08:30 ން 12:00 އަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *