ކުރީގެ ގަވަރުނަރު ފަޒީީލް ނަޖީބު -- ފޮޓޯ: ހަވީރު
ކުރީގެ ގަވަރުނަރު ފަޒީީލް ނަޖީބު -- ފޮޓޯ: ހަވީރު

ހަޒާނާއަށް ފައިސާ ވައްދާ އަދި ނެރުމަކީ އެ ބުނާހާ ފަސޭހަ ކަމެއް ނޫން: ފަޒީލް ނަޖީބު

އަލްޖަޒީރާއިން ގެނެސްދިން ”ސްޓީލިންގ ޕެރެޑައިސް“ ގައި އެބުނާ ގޮތަށް ދައުލަތުގެ ހަޒާނާއަށް ފައިސާ ވައްދާ އަދި ނެރުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށް ކުރީގެ ގަވަރުނަރު ފަޒީލް ނަޖީބު ވިދާޅުވެއްޖެ އެވެ.

އަލްޖަޒީރާއިން ދެއްކި ޑޮކިއުމެންޓްރީގައި ވަނީ ރާއްޖޭގައި މަނީ ލޯންޑަރިންގެ ހަރަކާތެއްގައި އެމްއެމްއޭއިން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި އެވެ. ޑޮކިއުމެންޓްރީގައި ބުނެފައިވަނީ މެލޭޝިއާގެ ވިޔަފާރިވެރިއަކު، ގިނަ އަދަދެއްގެ ނަގުދު ފައިސާ ލޯންޑާ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށެވެ.

އެ ވިޔަފާރިވެރިއާއި ގުޅުން ހުރި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ އެހެން ވިޔަފާރިވެރިއަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދޮވުމުގެ ރޭވުންތައް ރާވާފައި ވެ އެވެ. އަދި އަދީބާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ބަދަލުކުރެވިފައިވާ މެސެޖުތަކެއް ކަމަށް ބުނާ މެސެޖުތަކެއް ޑޮކިއުމެންޓްރީގައި ދައްކަ އެވެ.

އެވާހަކަތަކާއި ގުޅިގެން އިއްޔެ ފަޒީލް ނަޖީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވައްދާ އަދި ނެރުމާއި ގުޅޭގޮތުން އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ލަފާކޮށްފައި ބުނެފައިވާ ގޮތަކީ ނުވާނެ ގޮތެއް ކަމަށެވެ. އަދި އޭނާގެ ޓުވީޓުގައި ވަނީ އެއީ ނުވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވެފައި އެވެ. ނަމަވެސް އިިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.

 

އެމްއެމްއޭއިން ބުނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވައްދާ އަދި ނެރެނީ ހަތަރު ވުޒާރާއެއްގެ ބޭފުޅުންގެ ހާޒިރުގައި ކަމަށެވެ.

އެމްއެމްއޭއިން ބުނެފައިވަނީ އެ އިދާރާއިން މަނީ ލޯންޑަރިން ކުރާކަމަށް އަލްޖަޒީރާއިން ކޮށްފައިވާ ތުހުމަތު ގައިވެސް އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި  އެ ޑޮކިއުމެންޓްރީއަށް ކޮމެންޓު ހޯދަން އެމްއެމްއޭއަށާއި ގަވަރުނަރު އަޒީމާ އާދަމަށް ގުޅި ކަމަށް ބުނެފައި ވީނަމަވެސް އެ ފަރާތްތަކުގެ ކޮމެންޓަކަށް އަލްޖަޒީރާއިން ނޭދޭ ކަމަށެވެ.

“މި އޮތޯރިޓީން ބޭންކިންގެ ހިދުމަތް ފޯރުކޮށްދެނީ ސަރުކާރަށާއި މާލީ އިދާރާތަކަށް އެކަންޏެވެ. އަލްޖަޒީރާގެ ރިޕޯޓުގައި ބާޔާންކޮށްފައިވާ މުއާމަލާތެއް މި އޮތޯރިޓީ މެދުވެރިކޮށް  ހިންގާފައެއް ނުވާނެ އެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވާ 1.5 ބިލަން ޑޮލަރުގެ ފައިސާ އެ އިދާރާއަށް ވަދެފައިނުވާ ކަމަށެވެ،” އެމްއެމްއޭއިން އެކަމާ ގުޅީގެން ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނުގައި ވެ އެވެ

އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ދައުލަތުގެ އިސްވެރިންނަށް ކޮރަޕްޝަންގެ އިގިލި ދިއްކޮށް ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ޑޮކިއުމެންޓްރީ އާއި ގުޅިގެން ކަމާ ބެހޭ ގިނަ މުއައްސަސާތަކަކުންނާއި އެ ބޭފުޅުން ގެންދަވަނީ އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ދޮގު ކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފަޒީލް ތިޔަ ވިދާޅުވަނީ ޤަވާއިދު އޮންނަ ގޮތް. ކަންހިގަނީ އެގޮތަކަށް ނޫން. އެހެންނޫނީ އާމަރީ ގަ ހުންނަ ހަތިޔާރު އެހެންތަން ތަނުން ނެއް ނުފެންނާނެ ދޯ. ހަގީގަް އޮޅުވަނުލައްވާ. އެ ރިޕޯރޓް ގަ ނުބުނޭ ހަޒާނަާ އަށް ވެއްދީ އެކޭ. ސެންޓްރަލް ބޭންކް މެދުވެރި ވެގެންނޭ. ޗެޓް ލޮގް އިން ވެސް އިގޭ އެހާ ބާވަރު ނަގުދު ފައިސާ ގެންނަކަން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *