ވައިބާގައި ދިވެހިންނަށް ހާއްސަ ފުރަތަމަ ޕަބްލިކް ޗެޓް ގްރޫޕް އުރީދޫ އިން ތައާރަފްކޮށްފި

އުރީދޫ އިން އެކުންފުނީގެ ކަސްޓަމަރުންނަށާއި ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން، ވައިބާގައި ”ޕަބްލިކް ޗެޓް“ އެއް ތައާރަފްކޮށްފިއެވެ.

ވައިބާ ޕަބްލިކް ޗެޓްސް އަކީ މަޤްބޫލް ފަންނާނުންނާއި ބްރޭންޑްތަކާއި ވައިބާ ބޭނުންކުރައްވާ ބޭފުޅުންނާއި ގުޅުވާލަދޭ ޕްލެޓްފޯމްއަކަށް ވާއިރު، އުރީދޫ މޯލްޑިވްސް އަކީ ވައިބާ ޕަބްލިކް ޗެޓްގައި ހިމެނޭ ފުރަތަމަ ދިވެހި ކުންފުންޏެވެ. އުރީދޫ މޯލްޑިވްސް ޕަބްލިކް ޗެޓް މެދުވެރިކޮށް އުރީދޫގެ ކަސްޓަމަރުންނަށް މުހިއްމު ޚަބަރުތަކުގެ އިތުރުން، ރާއްޖޭގެ އެކި ހިސާބުތަކުން ޝައުގުވެރިކުރުވާފަދަ މައުލޫމާތު ހިއްސާ ކުރެވިގެންދާނެއެވެ.

thumbnail_image01

”މުޖުތަމައު އާއި އިތުރަށް ގުޅުވާލަދޭނެ އުފެއްދުންތެރި ގޮތްތައް ހޯދުމަކީ އުރީދޫ އިން އަބަދުވެސް ކުރަމުންދާ ކަމެއް. މިއަދުގެ ޑިޖިޓަލް ދުނިޔޭގައި، ރައްޔިތުންނާއި ގުޅުން ބަދަހިކޮށް، އެންމެ އަވަސް ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގައި ސޯޝަލް މީޑިޔާ ވަނީ ވަރަށް ފުރިހަމަ ފުރުސަތުތަކެއް ހުޅުވާލަދީފައި. ދިވެހިންގެ ތެރެއިން ގިނަ ބައެއް ވައިބާ ބޭނުންކުރާއިރު، އެބޭފުޅުންނާއި މުއާމަލާތު ކުރުމަށް އުރީދޫ މޯލްޑިވްސްގެ ޕަބްލިކް ޗެޓް އެހީތެރިވެދޭނެ.“ އުރީދޫގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވިއެވެ.

އުރީދޫ އިން ހާމަކުރާގޮތުގައި އުރީދޫގެ ކަސްޓަމަރުންގެ ޑިޖިޓަލް ލައިފްސްޓައިލްއަށް އެއްބާރުލުން ދިނުމުގެ ގޮތުން އެކުންފުނިން ގިނަ މަސައްކަތް ތަކެއް ކުރެއެވެ. އެގޮތުން ފޭސްބުކް، ޓްވިޓަރ، އަދި އިންސްޓަގްރާމް ފަދަ މަޤްބޫލް ސޯޝަލް މީޑިއާ ޗެނަލްތަކުގައި، ކަސްޓަމަރުންނަށް އުރީދޫގެ ޓީމާއި މުޙާތަބުކޮށް، ޚިދުމަތް ހޯދޭނެއެވެ.

[contentcards url=“http://chats.viber.com/ooredoomaldives“]

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *