ރޭގެ މުޒާހަރާގެ ތެރެއިން -- ފޭސްބުކްފޮޓޯ: އަހްމަދު އަންވަރު
ރޭގެ މުޒާހަރާގެ ތެރެއިން -- ފޭސްބުކްފޮޓޯ: އަހްމަދު އަންވަރު

މުޒާހަރާގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން، ނުވަ މީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި

ސިޔާސީ އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން(އެމްޔޫއޯ) އިން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ޖުމްލަ 13 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރެއިން ތިން މީހަކު ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނެފި އެވެ.

ދުވަހަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ހަތަރު ނޫސްވެރިއަކާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަ މީހަކާއި ފުލުހުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި ތިން މީހަކު ކަމަށެވެ.

އެ 13 މީހުންގެ ތެރެއިން ހަތަރު ނޫސްވެރިން ވަނީ ދޫކޮށްލާފައި ކަމަށާއި މިހާރު ފުލުހުންގެ  ބެލުމުގެ ދަށުގައި ތިބީ ނުވަ މީހުން ކަމަށްވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *